ދިރާގުގެ ޑިޖިޓަލް ހިދުމަތް މ. މުއްޔަށް ތައާރަފު ކޮށްފި އެވެ.
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑްގެ ކޮންޓެންޓް ތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއްނެތި މިހާރު މ. މުލީގެ ރައްޔިތުންނަށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނީގެ ސީނިއާ މެނޭޖަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރާނީ ވީހާ ވެސް ގިނ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ދީ، މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ބެލުމުުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ޗެނަލްތައް އިތުރުކޮށް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން އަންނަނީ މި އަހަރުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450ރ. އަށް ބަލައިލެވޭނެ އެވެ.
ދިރާގުން ވަނީ ކޮންޓެންޓާއި ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ 73 ޕަސެންޓް ގޭބިސީ އަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނުލިބޭ ރަށްރަށް ވެސް ހިމެނެ އެވެ.
ދިރާގު ޓީވީގެ ކޮންޓެންޓް ޓީވީގެ ސްމާޓްފޯން އަދި ޓެބްލެޓް ތަކުންވެސް ބަލާލެވޭނެއެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.