twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ތުރުކީ ރައީސް ގޮވާލައްވައިފި

ނަބީލާ އިސްމާޢީލް
Oct 27, 2020

މުސްލިމުންނާއި ދެކޮޅަށް ފްރާންސްއިން ގެންގުޅެމުންދާ އެޖެންޑާއަށް ފާޑުކިޔާ ތުރުކީވިލާތުން ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޢާން ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކުޖެހުމުގެ ގޮތުން ފަރަންސޭސި ނޫހަކުން ކުރަހާފައިވާ ކާޓޫނަށް ހިއްވަރު ދެއްވައި އެކާޓޫނު ފަރަންސޭސިވިލާތުގެ ކަންކޮޅުތަކުގައި އާންމުކޮށް ފަތުރާނެކަމަށް ވިދާޅުވެ އެގައުމުގެ ރައީސް އިމާނުއެލް މެކްރޯން އިސްލާމް ދީނަށް ދެމުން ގެންދަވާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެތަށް ގައުމެއްގެ މުސްލިމުން ފަރަންސޭސިވިލާތުގެ އުފެއްދުންތަށް ބޮއިކަޓް ކުރަން ފަށައިފިއެވެ.

ތުރުކީގެ ރައީސް އުރުދުޢާން ވަނީ ފްރާންސްގެ ރައީސްއަށް ފާޑުވިދާޅުވެ، ފްރާންސްގެ ރައީސް މެކްރޯންގެ ސިކުނޑީގެ ބައްޔަށް ފަރުވާކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އުރުދުޢާން ވިދާޅުވީ ފްރާންސްގެ ވެރިން ތުރުކީގެ ޕްރޮޑަކްޓްތައް ނުގަތުމަށް ފާޅުގައި ގޮވާލަމުން އަންނަ ކަމަށާއި ހަމަ އެގޮތައް އެ މަނިކުފާނު ވެސް ފްރާންސްގެ ޕްރޮޑަކްޓްތައް ތުރުކީގެ ކުންފުނިތަކުން ނުގަތުމަށް ގޮވާލާ ކަމަށެވެ. އަދި ތުރުކީން އަވަސް މުސްތަގުބަލެއްގައި ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފްރާންސްއަކީ ތުރުކީވިލާތުން 10 ވަނައަށް އެންމެ ގިނަ ޕްރޮޑަކްޓްތައް އެތެރެކުރަމުން އަންނަ ގައުމެވެ. އަދި ފްރާންސްއަކީ ތުރުކީން 7 ވަނައަށް އެންމެ ގިނަ ޕްރޮޑަކްޓްތައް އެކްސްޕޯޓް ކުރާ ގައުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293