twitterviber whatsapp telegramfacebookyoutube instagram
21st September 2026

ބާރު ސްޕީޑްގައި ދުއްވި ކާރަކުން ޖެހި ހަރަމްފުޅު ގޭޓަކަށް ގެއްލުންވެއްޖެ

ނަބީލާ އިސްމާޢީލް
Oct 31, 2020
1

ބާރު ސުޕީޑްގައި ދުއްވި ކާރެއް މަސްޖިދުލް ހަރަމްއަށް ވަންނަ ދޮރާށިކޮޅެއްގައި ޖައްސައި ގެއްލުން ދީފި އެވެ. މި ހާދިސާގައި ކާރު ދުއްވަން އިން މީހާވަނީ ހައްޔަރުކޮށްފަ އެވެ.

ސައޫދީ ގަޑިން ރޭ 10:30 ހާއިރު ހަރަމްފުޅު ސަރަހައްދަށް ކާރު ވަދެގެން ގޮސް ގޭޓުގައި ޖެހުނު ހާދިސާގައި ހައްޔަރުކޮށްފައިވަނީ ސައޫދީ މީހެކެވެ. މިއީ އޭނާ ގަސްތުގައި ކުރި ކަމެއްކަން ނުވަތަ އެކްސިޑެންޓެއް ކަމެއް އަދި ނޭނގެ އެވެ.

ކާރު ވަދެގެން ދިޔަ މަގުގައި ހުރި ޕްލާސްޓިކް ފެންސްތައް ވަނީ ފަޅާލައިފަ އެވެ. ފެންސްތައް ފަހަނަޅައި ގޮސް ކާރު ޖެހުނީ ހަރަމްފުޅަން ވަންނަން ހުންނަ ބޮޑެތި ގޭޓްތަކުގެ ތެރެއިން ގޭޓް ނަންބަރު 89 ގަ އެވެ. ކާރުން ޖެހުމުން ފެންސްތަކާއި ގޭޓް ހަލާކުވި ނަމަވެސް ހަރަމްފުޅަށް ގޮސް ތިބި މީހަކަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް ސައޫދީ ގެޒެޓުން ރިޕޯޓްކޮށްފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހަރަމްފުޅު ބަންދު ކުރުމަށް ފަހު ހުޅުވާލީ މިދިއަ މަހު އެވެ. ނަމަވެސް ކުރިން އޮންނަ އުސޫލާ އެއްގޮތަށް އެއްފަހަރާ ގިނަ ބަޔަކަށް އެތަނަށް ވަނުމުގެ އަދި ނުދެއެވެ. މަސްޖިލް ހަރަމްގެ ބޭރުގައި ނަމާދު ކުރަން އޮންނަ ސަރަހައްދަށް ވެސް ވެހިކަލް ވަނުމަކީ މަނާ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293