twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިނގިރޭސިވިލާތް ވެސް ދެވަނަ ފަހަރަށް ލޮކްޑައުން ކުރަނީ

Nov 1, 2020

ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގެ ހާލަތު އިތުރަށް ގޯސްވެ އެ ގައުމު އަނެއްކާވެސް ލޮކްޑައުންކުރުމަށް ނިންމާފައިވާކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޯންސަން ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތް ދެވަަނަ ފަހަރަށް ފުރަބަންދު ކުރަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ހަފްތާ ވަންދެނެވެ. އަދި އެއަށް ފަހު އެކި މަރުހަލާތަކަށް ބަހާލައިގެން ފިޔަވަޅުތައް ލުއި ކުރަމުން ގެންދާނެ އެވެ.

އެ ޤައުމު ލޮކްޑައުންކުރަން ނިންމާފައިވަނީ ބަލިޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު އެއް މިލިއަން ހުރަސްކޮށް، ސިއްހީ ނިޒާމަށް އިތުރަށް ހިފަހައްޓާ ނުލެވޭނެކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.

އާ ފުރަބަންދާ އެކު މީހުންނަށް ބޭރަށް ދެވޭނީ އެއް ގެއެއްގައި ދިރިއުޅޭ މީހަކާ އެއްކޮށް ނުވަތަ އެހެން ގެއެއްގައި ދިރިއުޅޭ އެންމެ މީހަކާ އެއްކޮށެވެ. އަދި ބޭރަށް ދެވޭނީ މަސައްކަތަށް ނުވަތަ ކާބޯތަކެތި ގަތުމަށް ނުވަތަ ސިއްހީ ސަބަބުތަކާ ހެދި ނުވަތަ ކަސްރަތު ކުރުމަށެވެ.

ގައުމު ލޮކްޑައުންކުރި ނަމަވެސް ސްކޫލުތައް ބަންދު ނުވާނެ ކަމަށް ބޮޑުވަޒީރު ބޮރިސް ވިދާޅުވި އެވެ.

އެ ގައުމުގައި ކޮވިޑް ޖެހިގެން މިހާތަނަށް 58،925 މީހުންވަނީ މަރުވެފަ އެވެ. މިއީ ކޮވިޑް ޖެހިގެން ވިލާތުގެ ގައުމުތަކުގެ ތެރެއިން ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ގައުމެވެ.

ކޮވިޑްގެ ދެވަނަ ރާޅަކާއެކު މިދިޔަ ހުކުރު ދުވަހު ފްރާންސް ދެވަނަ ފަހަރަށް ފުރަބަންދުކޮށްފައިވާ އިރު ބެލްޖިއަމް އާއި ޖަރުމަނުން މާދަމާއިން ފެށިގެން ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355