twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ބޭހާއި ސިއްހީ ހިދުމަތް ލިބޭނެ ވެބްސައިޓެއް ލޯންޗުކޮށްފި

Nov 2, 2020

އެއްތަނަކުން ގިނަ ވައްތަރުގެ ބޭހާއި ސިއްހީކަންކަމަށް ބޭނުންވާ އިކުއިޕްމަންޓާއި ހިދުމަތް ލިބޭނެ ހާއްސަ ވެބްސައިޓެއް " ފާރމަސީ އެމްވީ" ނަމުގައި ލޯންޗުކޮށްފި އެވެ.

މިއަދު ލޯންޗުކޮށްފައިވާ ފާމަސީ އެމްވީ ވެބްސައިޓްގެ އޮފިޝަލް ޕާޓްނަރަކީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް އެވެ.

މި ވެބްސައިޓްގައި ބޭހާއި ސިއްހީ ކަންކަމަށް ބޭނުންކުރެވޭ ގިނަ ބާވަތްތަކުގެ އިތުރުން ތަފާތު އެކި ވައްތަރުގެ ސާމާނު ލިބިގެންދާނެއެވެ. އޭގެތެރޭގައި ބޮޑީކެއާ އާއި ބިއުޓީ އަދި ޕާސަނަލްކެއަރ، ޕެއިން ރިލީފް، ޑައިބަޓިސް ކެއަރ، ނިއުޓްރިޝަން ސަޕްލިމެންޓް، ބަރުދަން މެނޭޖްކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓް ހިމެނެއެވެ. އޭގެއިތުރުން މައިންނަށާއި ތުއްތުކުދިންނަށް ބޭނުންވާ ސާމާނާއި އަންހެނުންނާއި ފިރިހެނުން ޒީނަތްތެރިވުމަށް ބޭނުންވާ ތަފާތު ގިނަ ސާމާނު ފާމަސީ އެމްވީ އިން ލިބޭނެ އެވެ.

ފާމަސީ އެމްވީއިން ގަންނަ ތަކެތި ޑެލިވާ ކޮށްދިނުމުގެ ހިދުމަތްވެސް އެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ.

ފާމަސީ އެމްވީގެ ވެބްސައިޓްގެ އިތުރުން އެ ޕްލެޓްފޯމަށް ހާއްސަ އެޕްލިކޭޝަންވެސް ވަނީ ތައާރަފުކޮށްފައެވެ. ގޫގަލް ޕްލޭ ސްޓޯރާއި އެޕަލް އެޕްސްޓޯއިން ވެސް އެ އެޕް ލިބޭނެއެވެ.

ހިދުމަތް ލޯންޗުކުރުމާ ގުޅިގެން ފުރަތަމަ 10 ދުވަހުގެ ތެރޭގައި ހާއްސަ ޑިސްކައުންޓެއް ކުރިއަށްދާނެއެވެ.

މި ވެބްސައިޓްގެ މަގުސަދަކީ ފަސޭހަކަމާއި ސިއްހީގޮތުން ހިދުމަތްތައް ބޭނުން ވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ލައިފް ސަޕޯޓް އިން ބުނެއެވެ. ޕާމަސީ އެމްވީއިން އެޕޮއިންޓްމަންޓް ހަދައިގެން ގޭގެއަށް ގޮސް ބަލިމީހުންގެ ސާމްޕަލް ކަލެކްޝަން، ބްލަޑްޝުގާ ޗެކްކޮށްދިނުމާއި ނެބިއުލައިޒް ކުރުމާއި ޓިއުބް ފީޑިން އަދި އިންޖެކްޝަން ޖަހައިދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ވެބްސައިޓަށް ބޭސްސިޓީ އަޕްލޯޑު ކޮށްގެން ފަސޭހަކަމާއެކު ބޭސް ނެގުމާއި އޮކްސިޖަން ކޮންސަންޓްރޭޓާ ނުވަތަ ފުރޮޅުލީ ގޮނޑި ފަދަ މެޑިކަލް އިކުއިޕްމަންޓް ކުއްޔަށް ނެގުމާއި އެފަދަ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ލިބޭނެ ކަމަށްވެސް ލައިފް ސަޕީޓް އިން ބުނެއެވެ.

އެ ވެބްސައިޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ދަނީ އިތުރު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރުވަމުން ކަމަށް ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355