twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވަޅީގެ ހަމަލާ، ކުއްލި ސިހުމާއި ނުތަނަވަސްކަން!

އަބްދުލް ވާހިދު ޙަސަން
Nov 4, 2020
6

ކުޅުދުއްފުއްޓަކީ ރާއްޖޭގައި އޮތް އެންމެ އަމާން ރަށެކެވެ. ބޮޑެތި އަދި ކުދި އާބާދީތަކާއި ބެލިޔަސް މި ހަގީގަތް ޔަގީންވާނެ އެވެ. މާރާމާރީ އާއި ވަޅި ޖެހުން ފަދަ ކުށްތަކަކީ ކުޅުދުއްފުއްޓަށް ބީރެއްޓެހި ކުށްތަކެވެ. އަބަދުވެސް ރަށަށް އަރާ މެހެމާނުން ކުޅުދުއްފުށި ސިފަކުރަނީ އަމާން ރަށެއްގެ ގޮތުގައި އެވެ. އެކަމަކު މުޅި ރަށް މިއަދު ސިއްސުވާލީ ވަޅީގެ ހަމަލާއެއްގައި ޒުވާނަކު ޒަހަމުކޮށްލި ހިތާމަވެރި އަދި ނުރައްކާތެރި ހަމަލާއަކުންނެވެ.

މިއީ ކުޅުދުއްފުއްޓަށް މުޅިން އާ ޙަބަރެކެވެ. ބަރާބަރު ފިހާރާގައި މަސައްކަތް ކުރާ އުމުރުން 22 އަހަރުގެ ޒުވާނެއްގެ ކަނާތު ކަންފަތް މައްޗަށް ދިން މި ހަމަލާގައި މިހާރު އޭނާ ދަނީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާހޯދަމުންނެވެ. އެ ހަމަލާދިނީވެސް ހަމަ އެތަނުގައި މަސައްކަތްކުރާ ޒުވާނެކެވެ.

ރޯމާ ދުވާލު ހިންގި މި ބިރުވެރި ޙަބަރުން މުޅި ކުޅުދުއްފުށި ސިއްސުވާލި އެވެ. މިމައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވަނީ ވަޅި ޖެހުމުގެ މިހާދިސާ ތަހުގީގްކޮށް އަވަސް ފިޔަވަޅު އަޅަން ކަމާ ބެހޭ މުވައްސަސާތަކަށް ގޮވާލާފަ އެވެ. މިކަން ނުހުއްޓިއްޖެނަމަ ރަށާއި މުޅި ތިލަދުންމައްޗަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަމަށެވެ.

ކޭއޯއާ ވާހަކަދެއްކި މީހަކު ބުނީ، ރޯމާ ދުވާލު ވަޅި ޖެހުމުގެ މިހަމަލާއަކީ ބިރުވެރި ހަމަލާއެއް ކަމަށާއި މިމައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. މިކަމާ ގުޅިގެން ރަށުތެރޭގައި ނުތަނަވަސްކަން ފެތުރިފައިވާއިރު ގިނަ ބަޔެއްގެ ކަންބޮޑުންވުން މިކަމުގައި ދަނީ އުފުލަމުންނެވެ.

މިކަމުގެ ކަންބޮޑުވުންފާޅުކުރައްވަމުން، ކުރީގެ ކައުންސިލްގެ ރައީސް އަދި މިހާރު ޕަބުލިކް ވާކްސްގެ ވެރިޔާ އަލީ މުހައްމަދު ސޯޝަލް މީޑިއާގައި މިހަމަލާ ސިފަކުރެއްވީ، ނުރައްކާތެރި ސިގްނަލެއްގެ ފެށުން ކަމުގައި އެވެ. ފުލުހުން މިކަމުގައި ފަރުވާތެރިކަމާއެކު ފިޔަވަޅު އަޅައި މިއަމަލު ހިންގި މީހުން ހޯދުމަށެވެ. އަދި މިފަދަ ނުރައްކާތެރި މީހުންނަށް ހައްގު އަދަބު ދެވެން ޖެހޭނެކަމަށް އަލީވެސް ފާހަގަކުރެއްވި އެވެ.

ވަޅި ފަދަ ތޫނު އެއްޗެހިން ހަމަލާދިނުން ފަދަ މައްސަލަތަކަކީ ކުޅުދުއްފުށީގައި އެއްގޮތަކަށްވެސް ހިނގާ މައްސަލަތަކެއް ނޫނޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ އެވެ. އެހެންވެ މިހާދިސާއާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ތަހްގީގު އަވަސްކޮށްދިނުމަށް ގޮވާލަމުންނެވެ.

މިހަމަލާ ދިނީ ކީއްވެކަމެއްކަން ސާފެއް ނުވެ އެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އަދި ޒަހަމްވި 22 އަހަރުގެ ފިރިހެން މީހާއަށް ކޭއާރުއެޗުގައި ފަރުވާދެމުންދާއިރު އޭނާގެ ހާލަތު ސީރިއަސް ނޫންކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355