twitterviber whatsapp telegramfacebookyoutube instagram
4th July 2025

ހޯރަފުށީ އެއާޕޯޓް މި ހަފްތާ ނިމޭނެ: އެމްޓީސީސީ

ނަބީލާ އިސްމާޢީލް
Nov 4, 2020

ހޯރަފުށީ އެއާޕޯޓް މި ހަފްތާނެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށީ އެއާޕޯޓް މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ކުންފުނީގެ އަމާޒަކީ މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން ހޯރަފުށީ އެއާރޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުން ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށް ނިމޭއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް އިންނާނެ އެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށ ްވަނީ ނިންމާފަ އެވެ.

ހޯރަފުށީގައި އެއާޕޯޓް ތަރައްގީކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވަނީ 64 މިލިއަން ރުފިޔާ އަށް އެމްޓިސީސީންނެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ އެރަށުގެ ކައިރީގައި އޮތް މާފިނޮޅުގައި ނިމިދިޔަ ސަރުކާރުން އަޅަން ނިންމި އެއާޕޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355