twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ސޮނޭވާ ޖާނީން 85 ވަޒީފާ, އިސްކަން ދެނީ ދިވެހިންނަށް

ނަބީލާ އިސްމާޢީލް
Nov 5, 2020

ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ރިސޯޓު، ސޮނޭވާ ޖާނީން 85 ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން އެ ރިސޯޓުން އިއްޔެ އާންމު ކުރި އިއުލާނެއްގައި ވަނީ 85 ވަޒީފާގެ ފުރުސަތު ހުޅުވާލައި، ކޮންމެ ގައުމެއްގެ މީހަކަށް ވެސް އެ ވަޒީފާތަކަށް ކުރިމަތި ލެވޭނެކަން ހާމަކޮށްފައެވެ. ނަމަވެސް ބޮޑަށް އިސްކަން ދޭނީ ދިވެހިންނަށް ކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އާއި ދުނިޔޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކުރި ނަމަވެސް، 100 އެއްހާ ވަޒީފާއަށް މީހުން ހޯދަން ފުރުސަތު ހުޅުވާލުމަކީ ލިބޭ އުފަލެއް ކަމަށް ސޮނެވާ ގްރޫޕުގެ ސީއީއޯ ސޯނޫ ސިވްދަސާނީ ވިދާޅުވި އެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް އެކިއެކި ރޮނގުން ކުރިއަށްދިޔުމަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރާ ކަމަށާއި، މިކަން ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ސޮނޭވާ ޖާނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 20 އިންސައްތަ އަކީ އަންހެނުންނަށް ވީއިރު ސޮނެވާ އިން ވަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ނުހަނު ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން އަންހެނުންނަށް ހާއްސަ އެކޮމޮޑޭޝަން ކުއާޓާއެއް ހެދުމުގެ އިތުރުން މަހަކު އެއްފަހަރު ހާއްސަ އެކްޓިވިޓީތައް ހިންގައެވެ. އަދި މަތީ މަގާމުތަކުގައި ތިބޭ އަންހެން މުވައްޒަފުންނަށް އާއިލާއާއެކު ރިސޯޓުގައި އުޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

އެ ކުންފުނީގެ އަންހެން މުވައްޒަފުންގެ ތެރެެއިން ސޮނޭވާ ޖާނީގެ 28 އިންސައްތަ އަންހެނުން މަސައްކަތް ކުރަމުން އަންނަނީ ސީނިއާ މަގާމުތަކުގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި އަންނަ އަހަރު ނިމޭއިރު ސޮނޭވާގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު 30 އިންސައްތައަށް އެރުވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަ އެ ރިސޯޓުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355