twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ށ ފުނަދޫ ހޮސްޕިޓަލުން ކޮށްފި

ނަބީލާ އިސްމާޢީލް
Nov 7, 2020

ކާމިޔާބު ބޮޑު އޮޕްރޭޝަނެއް ށ. އަތޮޅު ހޮސްޕިޓަލުން ކޮށްފި އެވެ. މިއީ މިހާ ބޮޑު އޮޕްރޭޝަނެއް އެ ހޮސްޕިޓަލުގައި ކުރި ފުރަތަމަ ފަހަރެވެ.

ށ. ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައިވެސް މަދުން ނޫނީ ނުކުރާ ބޮޑު ސާޖަރީއެއް ކާމިޔާބުކަމާއި އެކު ކުރެވުން އެއީ ހޮސްޕިޓަލަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޒުމްރަތު ވިދާޅުވީ އިއްޔެ ކުރެވުނު އެ ސާޖަރީއަކީ ކަރުންމަތީގެ ސާޖަރީއެއް ކަމަށެވެ. "ސަބް މެންޑިބިއުލާ ސަޔޯލޯއެންޑެކްޓޮމީ" ސާޖަރީ އަކީ އަނގައިން ކުޅު އުފައްދާ އެއް ގުނަވަން ކަމަށްވާ ސަލައިވަރީ ގްލޭންޑް ނެގުމަށް ކުރާ ސާޖަރީއެއް ކަމަށެވެ.

މި އޮޕަރޭޝަން ކުރެވުނީ 39 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށާއި ބަލި މީހާ ޑޮކްޓަރަށް ދެއްކީ ކަރުދަށް ދުޅަވެ ރިއްސާތީ ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އެ މީހާ އަށް ކެއިން ބުއިމުގައި ވެސް ދަތިތައް ހުރި ކަމަށާއި ޑޮކްޓަރު ވިދާޅުވީ އެ މީހާގެ ސަލައިވަރީ ގްލޭންޑްސް ދުޅަވެފައިވާތީ ބަލިމީހާވެސް އެ ހޮސްޕިޓަލުން އެ ސާޖަރީ ހަދަން ބޭނުންވާތީ އެކަން ކުރަން ނިންމީ ކަމަށެވެ.

ގާތްގަނޑަކަށް ދެ ގަޑި އިރުގެ އެ ސާޖަރީއަށްފަހު ބަލިމީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި ސަލައިވަރީ ގްލޭންޑް ނެގުމުގެ ސަބަބުން އެ މީހާ އަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ކުޅު އުފެއްދުމުގައި ވެސް ދަތި ނުވާނެ ކަމަށް ޒުމްރަތު ވިދާޅުވި އެވެ.

ޒުމްރަތު ވިދާޅުވީ އެ ހޮސްޕިޓަލުގެ އޮޕްރޭޝަން ޑޮކްޓަރާއި އޯޓީ ނަރުހުންނާއި ހިމެނޭ ޓީމަކުން ކުރި މި އޮޕްރޭޝަން ވަރަށް ކާމިޔާބު ކަމަށާއި، ބަލިމީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުކުރުފަތުރު ދަތިވެފައި ވުމުން ފުނަދޫ ހޮސްޕިޓަލަށް ވެސް ދައްކާ މީހުން ގިނަވެ ސާޖަރީ ހެދުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ހޮސްޕިޓަލުގެ ފެންވަރުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355