twitterviber whatsapp telegramfacebookyoutube instagram
27th August 2026

އޮކްޓޯބަރު މަހުގެ އާމްދަނީގެ ގޮތުގައި 390 މިލިއަން ރުފިޔާ

ޚަދީޖާ އާދަމް
Nov 10, 2020

އޮކްޓޯބަރު މަހު އާމްދަނީގެ ގޮތުގައި 390.57 މިލިއަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓީ (މީރާ) އަށް ރުފިޔާ ލިބިއްޖެ އެވެ.މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 57.9 ޕަސެންޓް މަދު އަދަދެކެވެ.

މީރާ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 390.57 މިލިއަން ރުފިޔާގެ ތެރޭގައި ޑޮލަރުން ލިބުނު 4.68 މިލިއަން ޑޮލަރު ހިމެނެ އެވެ.

މީރާ އަށް މިދިޔަ މަހު ލިބުނު އާމްދަނީގެ 63.3 ޕަސެންޓަކީ ޖީއެސްޓީ އިން ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 247 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އިންކަމް ޓެކުހުގެ ގޮތުގައެވެ. ގޮތުން 52.3 މިލިއަން ރުފިޔާ އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ލިބިފަިއވެ އެވެ.

ޕީޓީގެ ގޮތުގައި 20 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 5.2 ޕަސެންޓެވެ. ރެޒިޑެންޓް ޕާމިޓްގެ ގޮތުގައި މިދިޔަ މަހު 18.5 މިލިއަން ރުފިޔާ ލިބުނު އިރު ވެހިކަލް ފީގެ ގޮތުގައި 9.3 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައިވެ އެވެ.

މީރާގެ އާމްދަނީ ދަށްވެފައި މިވަނީ ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް މަދުވުމެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާ އިން ލިނުނު ޓީޖީއެސްޓީ އާއި ގްރީން ޓެކްސް މަދުވުމަކީ ވެސް އާމްދަނީ ދަށްވި ސަބަބެއް ކަމަށް މިރާއިން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355