twitterviber whatsapp telegramfacebookyoutube instagram
26th March 2026

ބީއެމްއެލްއިން ވިޔަފާރިތަކަށް ހާއްސަ ކޮވިޑް ރިލީފް ލޯނެއް

ޚަދީޖާ އާދަމް
Nov 11, 2020
2

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ފަންޑުން ސަރުކާރުގެ އެހީތެރިކަަމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ހާއްސަ ކޮވިޑް ރިލީފް ލޯނެއް ތައާރަފްކޮށްފި އެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީއިން ވަނީ ފިނޭންސް މިނިސްޓްރީއާއި ބީއެމްއެލްއާއެކު މިދިޔަ ޖޫން މަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅޭނީ 3،000 އަށްވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. މި ފަންޑުގެ ބޭނުމަކީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ކޮޅަށް ޖެހުމެވެ.

ބީއެމްއެލްއިން ބުނީ 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާރު ލިބެންހުރި ލޯނުތަކަށްވުރެ މި ލޯނުގެ އިންޓަރެސްޓް ރޭޓު ކުޑަވާނެ ކަމަށާއި ލޯނު އަނބުރާދެއްކުމަށް މިހާރު ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއް ލިބިގެންދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އީއައިބީއިން ދެއްވާ އެހީތެރިކަމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިޔުންގެ ނަމުގައި އެ ބޭންކަށް ޝުކުރު އަދާކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355