twitterviber whatsapp telegramfacebookyoutube instagram
14th July 2026

ހޯރަފުށި އެއާޕޯޓު މިމަހު 17 ގައި ހުޅުވަނީ

ޚަދީޖާ އާދަމް
Nov 11, 2020
1

ހއ. ހޯރަފުށީ އެއާޕޯޓަށް މި މަހު 17 ގައި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި މަހު 16 ގައި ޓެސްޓު ފްލައިޓު ޖައްސައި މި މަހު 17 ގައި އެއާޕޯޓު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތްކުރި އެމްޓީސީސީން އެ މަސައްކަތް ނިންމައި މި މަހު 6 ގައި ހަވާލުކުރާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ.

ރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355