twitterviber whatsapp telegramfacebookyoutube instagram
18th June 2026

ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ނަބީލާ އިސްމާޢީލް
Nov 16, 2020
3

ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިއަދު ހެނދުނު އެވެ. އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ބޭއްވި ރަސްމިއްޔާތަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާޒިމް އަދި އެމްޓީސީސީގެ އިސްފަރާތްތަކާއި ހޯރަފުށީގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވާނީ މާދަމާ އޮންނަ ހާއްސަ ހަފްލާއެއްގަ އެވެ. އެއާޕޯޓު ހުޅުއްވައިދެއްވާނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ.

ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތުގައި އެމްޓީސީސީގެ މުވައްޒަފުންނާއިއެކު، އެރަށު ޒުވާނުންވަނީ ބައިވެރިވެ މަސައްކަތް އަވަސް ކުރުމަށް އެހީތެރިވެދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355