twitterviber whatsapp telegramfacebookyoutube instagram
11th November 2026

އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށަށް

Nov 16, 2020

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު 41 ޕަސެންޓް ދަށްވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ މަހު ކަސްޓަމްސްއިން ދައުލަތަށް އާމްދަނީގެ ގޮތުގައި 174 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހާ އަޅާބަލާއިރު 41 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 51 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު 305 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ފަސް ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއާއި ޗައިނާ އަދި އިންޑިއާއިންއެވެ. އެންމެ ގިނައިން އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެގައުމަށް 58 ޕަސެންޓް މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ.

މިދިޔަ މަހު އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ މެޝިނަރީއާއި އެކިކަހަލަ އިލެކްޓްރިކް ސާމާނެވެ. އެކަމަށް 398 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެންމެ ގިނައިން މިދިޔަ މަހު އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކޮށްފައިވާ ކަޅުބިލަމަހެވެ. އެގޮތުން 152 މިލިއަން ރުފިޔާގެ ގަނޑުކޮށްފައިވާ ކަޅުބިލަމަސް އެކްސްޕޯޓް ކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293