twitterviber whatsapp telegramfacebookyoutube instagram
13th June 2026

ރައީސް ހޯރަފުށީ ދަތުރުފުޅު މާދަމާއަށް ފަސްކުރައްވައިފި

ނަބީލާ އިސްމާޢީލް
Nov 17, 2020
1

ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރައްވަން ހަމަޖައްސާފައި އޮތް ދަތުރުފުޅު މާދަމާއަށް ފަސްކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ހޯރަފުއްޓަށް ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. މޫސުމާ ބެހޭ އިދާރާ އިން އޮތީ ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހޭދަކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ އިއްޔެ ހެނދުނު އެވެ. އަދި މިއަދު ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް އޮތީ ނިންމައިފަ އެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ. މި އެއާޕޯޓު އެޅީ މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެންނެވެ.

މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355