twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބީއެމްއެލް ވެހިކަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ކުޑަކޮށްފި

ނަބީލާ އިސްމާޢީލް
Nov 18, 2020

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓު 15 ޕަސެންޓަށް ކުޑަކޮށްފި އެވެ.

މި ބަދަލާ އެކު މިއަދުން ފެށިގެން އާ އިންޓްރެސްޓް ރޭޓުގައި ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ އެވެ. މި ލޯނުން ސައިކަލާއި ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ (އިންޖީނު އަޅާފައިވާ) އުޅަނދު ގަނެވޭނެ އެވެ.

ކުރިން ވެހިކަލް އިންޓަރެސްޓްގެ ގޮތުގައި ނެގީ 18 ޕަސެންޓެވެ.

އިންޓްރެސްޓް ދަށްވުމާ އެކު އުޅަނދު ގަތުމަށް ފަހު މަހަކަށް ދައްކަން ޖެހޭ އަދަދު ވެސް ކުޑަވާނެ އެވެ. ރަހުނަކާ ނުލައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

މި ބަދަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މި ބަދަލާ އެކު ކަސްޓަމަރުންނަށް އުޅަނދު ގަތުމަށް އެންމެ އަގުހެޔޮ އަދި ފަސޭހަ ގޮތް ލިބޭނީ ބީއެމްއެލްއިން ކަމަށެވެ.

ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށްޓަކައި މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް 12 އަށް ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ވެހިކަލް ލޯން ކުރިން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށް ވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355