twitterviber whatsapp telegramfacebookyoutube instagram
21st April 2025

އަގުހުރި އިނާމުތަކާއި އެކު ރެޑްވޭވް އަހަރީ ބާޒާރު ފަށައިފި

ނަބީލާ އިސްމާޢީލް
Nov 21, 2020

އަހަރުގެ ފަހުކޮޅަށް އަމާޒުކޮށް ރެޑްވޭވުން ކުރިއަށްގެންދާ ރެޑްވޭވް އަހަރީ ބާޒާރު މިއަދު ފަށައިފި އެވެ.

މާލެ އަދި ހުޅުމާލޭގައި ހުރި ރެޑްވޭވް ގެ ހުރިހާ ފިހާރަތަކުގައި މި ޕްރޮމޯޝަން ކުރިއަށްގެންދާއިރު ކޮންމެ ވިޔަފާރި އަކަށް 300 ރުފިޔާގެ ކޫޕަނެއް ދެ އެވެ. އަދި ގުރުއަތުން ހޮވާ 10 ފަރާތަކަށް 5،000 ރުފިޔާ ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ. އަދި، އެއް ވަނަ ވަކިން ހޮވާ އިރު އެ ފަރާތަށް 25،000 ލިބޭނެ ކަމަށްވެސް ބުންޏެވެ.

އިތުރަށް ބުނީ، ޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރި ކުރާ ފަރާތްތަކާއި ރެޑްވޭވްގެ ވެބްސައިޓުން ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ރެޑްވޭވުން ވިއްކާ ތަކެތީގެ ތެރެއިން ޑިސްކައުންޓު އަގުގައި ވިއްކަނީ ބައެއް ތަކެއްޗެވެ. އެ ފިހާރައިން ބުނީ ޝާޕް އޭސީ އާއި އޭސީ އިންސްޓޮލޭޝަންއިން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ 31 ގެ ނިޔަލަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355