twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ އެހީގައި ރަސްދޫ ތައުލީމީ މަރުކަޒުގެ ލައިބްރަރީއަށް އިތުރު ފުރިހަމަ ކަމެއް

ނަބީލާ އިސްމާޢީލް
Nov 23, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުން ރަސްދޫގައި ހުންނަ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީކޮށް އިތުރު ފުރިހަމަކަމެއް ގެނެސްފިއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ހަދިޔާ ކުރި ސާމާނުގެ ތެރޭގައި ލައިބްރަރީ އަށް ބޭނުންވާ ފޮތާއި ފޮތް ހަރުގަނޑާއި ފަރުނީޗަރު ހިމެނެ އެވެ. ލައިބްރަރީ އަށް ހަދިޔާ ކުރި 1000 އަށްވުރެ ގިނަ ފޮތްތަކުގެ ތެރެއިން 500 އަށްވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުން ގަތް ފޮތްތަކެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރި ޝިމާއު ބުނީ ސްކޫލުގެ ހާލަތަށް ބަލާއިރު ލައިބްރަރީގައި ހުރި ގިނަ ފޮތްތަކަކީ ބާވެފައި ހުރި ފޮތްތައް ކަމަށެވެ. އެހެންކަމުން ކޮމިއުނިޓީ ފަންޑުގެ އެހީގައި ލައިބްރަރީ ތަރައްގީ ކުރުމަށް ނިންމީ ލައިބްރަރީގައި ހުރި ފޮތްތައް އާ ކޮށް ފޮތް ކިޔުމަށް ކުދިން ޝައުގުވެރިކުރުވުމަށް ކަމަށް ށެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ތައުލީމީ ދާއިރާއަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީފޯރުކޮށްދިނުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއް ދާއިރާ ކަމަށެވެ. އެގޮތުން، އއ. އަތޮޅު ތައުލީމީ މަރުކަޒަށް ފޯރުކޮށްދިން އެހީއަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ކަމެއް ކަމުގައި އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިހާރު ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން 10 ޕްރޮޖެކްޓެއް ހޮވާނެ އެވެ. ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000ރ. ދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355