twitterviber whatsapp telegramfacebookyoutube instagram
27th April 2024

މާގާ އައިލެންޑްގެ ހެޑްލީސް ރައިޓްސް ވިއްކާލަން ހަބީބު ބޭންކުން ބީލަމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Nov 24, 2020

އަރިއަތޮޅު މާގާ އައިލެންޑްގެ ލީސްހޯލްޑް ރައިޓްސް އެއްބަސްވުމުގައި ވާގޮތުގެމަތިން ވިއްކާލުމުގެ ހުއްދަ ހަބީބު ބޭންކު ލިމިޓެޑަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާތީ އެރަށަށް ބީލަން ހުށައެޅުމުގެ ފުރުސަތު އެބޭންކުން ހުޅުވާލައިފި އެވެ.

މިހާރު އެރަށުގެ ހެޑްލީސް އޮންނަނީ ބިގް ސްޓޯން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އަތުގައެވެ. އެރަށް ބީލަމަށް ހުޅުވާލާފައި މިވަނީ އެރަށް މޯގޭޖް ކޮށްގެން ހަބީބް ބޭންކުން ނަގާފައިވާ ލޯނެއް އެއްބަސްވުމާއެއްގޮތަށް އަނބުރާ ދައްކާފައި ނުވާތީއެވެ.

ބިޑް ހުށައެޅޭނެ އެންމެ ކުޑަ އަގަކީ 4،250،000 (ހަތަރު މިލިއަން، ދުއިސައްތަ ފަންސާސް ހާސް) އެމެރިކާ ޑޮލަރެވެ. ބިޑް ހުށައަޅާ ފަރާތްތަކުން ބިޑް ހުށައެޅުމަށް 5000 ޑޮލަރުގެ ނޮން-ރީފަންޑަބަލް ފީ އެއް ހަބީބު ބޭންކަށް ދައްކަން ޖެހެއެވެ.

ބިޑް ހުށައަޅަނީ ހަބީބް ބޭންކަށް އެޑްރެސްކޮށް ހ.ތަހުނިޔާ އިމާރާތުގެ ގްރައުންޑް ފްލޯއަށެވެ. ހެނދުނު 09:00 ހަވީރު 03:00 ދެމެދު ބިޑްތައް ބަލައި ގަންނާނެ ކަމަށާއި ބިޑް ހުށައެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަސް ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ކުންފުންޏަކަށް އަދި ރާއްޖޭ ކޮންމެ ރައްޔިތަކަށް ބިޑަށް ހުށައެޅޭނެ ކަމަށާއި ބިޑް ހުޅުވުން އޮންނަނީ 20 ޑިސެމްބަރު ވާ އާދިއްތަ ދުވަހުގެ ހަވީރު 04:00 ގައި ހަބީބް ބޭންކުގެ ގްރައުންޑް ފްލޯ ގައެވެ.

ބިޑް ކާމިޔާބު ކުރެވޭނީ އެންމެ މަތިން އަގު ހުށައަޅާ ފަރާތަކަށެވެ. އެގޮތުން އެއްފަރާތައްވުރެ ގިނަ ފަރާތަކުން އެއް އަގެއް ހުށަހަޅައިފިނަމަ، ބިޑް ކާމިޔާބު ވާނީ އެފަރާތްތަކުގެ ތެރެއިން ބިޑް ހުޅުވާ ވަގުތު އިތުރު 50،000 ޑޮލަރު ދައްކާ ފަރާތަކަށެވެ.

ބިޑް ކާމިޔާބު ކުރާ ފަރާތަކުން ހުށަހެޅި އަގުގެ 10 ޕަސެންޓް 04 ޖެނުއަރީ 2021 ކުރިން ދައްކަން ޖެހޭނެ އެވެ. އަދި ބާކީ 90 ފަސެންޓް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް 3353334، 3353324 ގުޅައި، ނުވަތަ [email protected] މެއިލްކޮށްގެން މައުލޫމާތު ސާފު ކުރުމަށް އެބޭންކުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355