twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިރާގު ނައުއެމްވީ މެދުވެރިކޮށް އެންޖީއޯތަކަށް އެހީ ފޯރުކޮށްދެވޭނެ

ނަބީލާ އިސްމާޢީލް
Nov 25, 2020

ދިރާގުންގެ ލައިފްސްޓައިލް އެޕްލިކޭޝަން "ނައުއެމްވީ" މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު އެންޖީއޯ ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިވާން ބޭނުން ފަރާތްތަކަށް އެކަން ފަސޭހަކޮށްދީފި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަލަށް ތައާރަފުކުރި މި ހާއްސަ ފީޗާ ބޭނުންކޮށްގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިން ތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެގޮތުން ނައު އެމްވީ އެޕްގައި މިވަގުތު ހަތަރު އެންޖީއޯއެއް ވަނީ ލިސްޓް ކޮށްފައިވާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މީގެ ތެރެއިން ކޮންމެ އެންޖީއޯ އަކުންވެސް ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފައިވާކަމަށް ދިރާގުން ބުންޏެވެ.

ނައު އެމްވީގެ ޑޮނޭޝަން ފީޗާ އާ ބެހޭގޮތުން ދިރާގުގެ މެނޭޖަރު ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ.

"ސަބަބަކީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ އެންޖީއޯ ތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައި ވާތީ ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެންޖީއޯ ތަކާ އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެންޖީއޯ އަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް،" ޝިނާއު ވިދާޅުވިއެވެ.

މީގެ އިތުރުން، އެންޖީއޯ ތަކުން ކުރާ މަސައްކަތްތަކީ ކޮބާކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެންޖީއޯ އަކަށްފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމް ކުރުމަކީވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ދިރާގުޕޭ މެދުވެރިކޮށެވެ.

ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާތައް ހިމެނޭ އެޕްލިކޭޝަނެކެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355