twitterviber whatsapp telegramfacebookyoutube instagram
14th May 2025

ޔޫއެންޑީޕީން އިސްނަގައިގެން ޔޫތް ވިޝަންގެ ނަމުގައި އޮންލައިން ވޯކްޝޮޕެއް ބާއްވަނީ

ޚަދީޖާ އާދަމް
Nov 25, 2020

ޔޫއެންޑީޕީން އިސްނަގައިގެން މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އޫރިދޫ މޯލްޑިވްސް އަދި ޔޫރަޕިއަން ޔޫނިއަން އިން ގުޅިގެން ޔޫތް ވިޝަންގެ ނަމުގައި ވޯކްޝޮޕެއް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން އަންނަ ޑިސެމްބަރު މަހު ބާއްވާ މި ވޯކްޝޮޕަކީ އިންޓަރނެޓް މެދުވެރިކޮށް އޮންލައިން އާރޓް ވޯކްޝޮޕެކެެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ މިހާރު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުވާލުމާއިއެކު ކުރިމަގުގައި ކަންކަމުގައި އިސް ދައުރެއްއަދާކުރުމަށް ޒުވާނުން ބިނާކުރުމާއި، އަމިއްލަ ވިސްނުން ބޭނުންކޮށްގެން އިޖްތިމާޢީ ކަންކަމާ މެދު މަޝްވަރާކޮށް ހައްލު ހޯދަން ދަސްކުރުމުގެ ހުނަރު އުނގަންނައިދިނުން ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ.

އުމުރުން 16 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޭޕުގައި ި ކޭމްޕް ގައި ބައިވެރިވުމަށް ވަކި ހުނަރެއް ނުވަތަ ވަކި ތައުލީމީ ފެންވަރެއް ހުރުން ލާޒިމެއް ނުކުރާކަމަށާއި ބައިވެރިވުމަށް ބޭނުންވަނީ ހަމަ އެކަނި އިންޓަރނެޓް ގެ ހިދުމަތް ލިބި އޮންލައިން ކްލާސްތަކާއި ގުޅޭނެގޮތަކަށް މަގުފަހިވެފަ ހުރުމާއި އާރޓް އަށް ޝައުގުވެރިކަން ހުރުން ކަަމަށް ވެސް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ.

އެއްހަފްތާ އަށް ދެމިގެންދާ މި ވޯރކްޝޮޕްގައި ބޭނުންކުރުމަށް ބޭނުންވާ އާރޓް ކިޓް އަދި އިންޓަނެޓްއާއި ގުޅުމަށްބޭނުންވާ 3 ޖީ އާއިއެކު މި ވޯރކްޝޮޕްގައި ކިޔަވާދޭ މާއްދާތަކަށް ބޭނުންވާނޭ އެހެނިހެން ތަކެތިވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައެވެ.

މި ވޯރކްޝޮޕް ގައި ބައިވެރިވުމަށްޝަޢުގުވެރިވާ ފަރާތްތަކުން http://tinyurl.com/yvworkshop މި ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ޔޫތް ވިޝަން ވޯރކްޝޮޕްގެ އަމާޒަކީ ރައްކާތެރި މާޙައުލެއްގައި އެކަކުއަނެކަކަށް އިހްތިރާމާއެކުމި މުޖުތަމައުގައި ހުރި އެކިއެކި ކަންކަމަށްއަލިއަޅުވާލާ ވައިގެތެރެއަށް ނުވަތަ ޖައްވުގެތެރެއަށް ގެއްލިގެންދާ ބަސްތަކަކަށް ނުވެ އެކުވެރި މިނިވަން މާހާއުލެއްގައި ވާހަކަދައްކާ ހިޔާލުބަދަލުކޮށް މަޝްވަރާކުރުމެވެ. މި ވޯރކްޝޮޕް ގައިހިމެނެނީ ހޭލުންތެރިކުރުވުމާއި ހުނަރު ދަސްކޮށްދިނުމުގެ ސެޝަންތަކަކާއި، މި މުޖުތަމައުގައި ޒުވާނުން ތަހައްމަލުކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ހިޔާލުބަދަލުކުރުމުގެ ސެޝަންތަކެކެވެ. މި ވޯރކްޝޮޕްގެތެރެއިން އަލިއަޅުވާލެވޭނެ ބައެއް މައުލޫތަކުގެ ތެރޭގައި ވަޒީފާގެ މާހައުލު، ތިމާވެށި، އިސްނެގުން، އަނިޔާއާއި ގޯނާކުރުން، އެކުވެރިކަމާއި އަދި ރައްކާތެރިކަމާއި އަމާންކަން ހިމެނެއެވެ.

ހެދުނު 9:00 ން ހަވީރު 6:00 އަށް އޮންލައިން ކޮށް ކުރިއަށް ގެންދެވޭ މި ވޯރކްޝޮޕްގައި ކިޔަވާދޭނީ އާރޓް ގެ ދާއިރާއިން ތަޖްރިބާ ހާސިލް ކޮށްފައި ތިބި ހުނަރުވެރިންނެވެ. މިގޮތުން 2 ޑީ އާރޓް، ފޮޓޯގްރަފީ، މަލްޓިމީޑިއާ، މިކްސްޑްމީޑިއާ އަދި ކްރިއޭޓިވް ރައިޓިންގް ހިމެނެއެވެ. އަދި ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނަށް ދިރާސާކުރުމުގެ ހުނަރު، ހިޔާލެއް ނުވަތަ ޑިޒައިން އެއް ފަރުމާކުރުން، ޑޮކިއުމަންޓް އަދި އިންސްޓަލޭޝަން އާއި ބަޔާން އަދި ތައާރަފް ލިޔުމުގެ ހުނަރު ދަސްވެގެން ދާނެ ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެދެ. މީގެ އިތުރުން ތިންދުވަސް ބައިވެރިން އަމިއްލައަށް އާރޓްގެ މަސަތްކަތް ފަރުމާކުރުމަށް ހާއްސަކުރެވިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355