twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައްޔިތުންގެ ބޭސްފިހާރައިގެ ގޮތުގައި ބޭސްފިހާރަ ހިންގުމަށް 11 ފަރާތަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފި

May 16, 2011

ރައްޔިތުންގެ ބޭސްފިހާރައިގެ ގޮތުގައި ބޭސްފިހާރަ ހިންގުމަށް 11 ފަރާތަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އިން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ހިއުމަން ޑިވަލޮޕްމެންޓް ޕްރޮޖެކްޓް [އައިއެޗްޑީ]ގެ ދަށުން ރައްޔިތުން ހިއްސާވާ އުސޫލުން ބޭސްފިހާރަ ހިންގުމަށް ހަވާލުކުރުމަށް ނިންމާފައި ވަނީ 1000 އިން ދަށުގެ އާބާދީ އޮންނަ ރަށްރަށުގެ ތެރެއިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ 11 ރަށުގެ 11 ފަރާތް ކަމަށެވެ.

އައިއެޗްޑީގެ އެހީގައި ރައްޔިތުންގެ ބޭސްފިހާރަ ހިންގުމަށް އެހީތެރިވުމުގެ ގޮތުން ކޮށްދޭނެ ކަމަކީ ބޭސްފިހާރަ ފަށައިގަތުމަށް އެސެންޝަލް މެޑިސިން އާއި މެޑިކަލް ކޮންޒިއުމަބްލްސްގެ އެއް މަސް ދުވަހުގެ ސްޓޮކެއް އަދި ބޭސްފިހާރަ ހިންގަން ފަށައިގަތުމަށް ކަނޑައަޅާފައިވާ 15000.ރ ދިނުމާއި ބޭސްފިހާރައިގެ ކަންތައްތައް ބަލަހައްޓާ ފަރާތަކަށް މަހަކު 1000.ރގެ ރޭޓުން ހަ މަސް ދުވަހަށްވާ ފައިސާ ދިނުމެވެ.

ބޭސްފިހާރަ ހިންގުމަށް ހެލްތު މިނިސްޓްރީން ދޭ މިއެހީ ބޭނުންކޮށްގެން ބޭސްފިހާރަ ހިންގާ ފަރާތްތަކުގެ ކަންތައްތައް ބަލަހައްޓާނީ ހެލްތު ކޯޕަރޭޝަންތަކާ ގުޅިގެން ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިޕްރޮޖެކްޓަކީ އަޖުމަ ބެލުމުގެ ގޮތުން ހަ މަސް ދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން މަތި އުތުރު ސަރަޙައްދުގެ 8 ރަށެއްގައި ކޮމިއުނިޓީ ބޭސްފިހާރަ ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެފަރާތްތަކާއި އެގްރިމެންޓް ކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355