twitterviber whatsapp telegramfacebookyoutube instagram
7th April 2026

އެމްޕީއެލްގެ އެމްޑީ އިސްތިއުފާ ދެއްވައިފި

Apr 6, 2026

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ވިދާޅުވީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެމްބަރުކަމުގެ މަގާމުން ރިޝްވާން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

ރިޝްވާން މަގާމުން ވަކިކުރި ސަބަބެއް އެނގިފައެއް ނުވެއެވެ. އޭނާ އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް ކަން އެނގިފައިވެއެވެ.

ރިޝްވާން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 3 ގައެވެ. ރިޝްވާނަކީ މި ސަރުކާރުގައި އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވި ދެވަނަ ފަރާތެވެ. ރިޝްވާންގެ ކުރިން އެ މަގާމު ފުރުއްވީ މުހައްމަދު ވަޖީހު އިބްރާހިމެވެ.

ހޮނިހިރު ދުވަހު ނުކުތް ނަތީޖާއަށް ބަލާފައި ދައުލަތުގެ އެކި ކުންފުނިތަކުގެ ވެރިންނާއި އެހެން ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ މަގާމުތަކުން ވަކިކުރަމުންނެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ވަނީ މަގާމުން ވަކިކޮށްފައެވެ. ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މަގާމުން ވަކި ކުރިއެވެ.

މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ. މުންދު އާއި ސަލްމާގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސެއިން ޝަރީފް ވެސް ވަކިކޮށްފައިވެއެވެ. އައިމިނަތަކީ އަސްމާގެ ދަރިކަނބަލެކެވެ.

ސަރުކާރުން މި ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ދާދި ފަހުން މީސް މީޑިއާގައި ލީކްވެފައި ވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355