twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބީއެމްއެލްގެ އެހީގައި ކުރިނބީގައި އައުޓްޑޯ ޖިމެއް ގާއިމްކޮށްފި

ނަބީލާ އިސްމާޢީލް
Dec 2, 2020
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) "އަހަރެންގެ ބޭންކް ކޮންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގައި ހދ. ކުރިނބީގައި ކަސްރަތުކުރަން ހާއްސަކޮށް އައުޓްޑޯ ޖިމް އެއް ގާއިމްކޮށްފިއެވެ.

މި ޖިމް އަކީ ކުރިނބީގެ ރައްޔިތުންނަށް ދުޅަހެެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން އާދަމް ޝަޒީމް އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމަންޓް އިން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

އެ ޖިމް ހުޅުވާފައި ވަނީ ކުރިނބީގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައެވެ. ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު ހަތް އައުޓްޑޯ އިކުއިޕްމަންޓް އެކުލެވޭ ކަމަށާއި އޭގެ ތެރެއިން ތިން މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެތި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

" ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގްބަލުގައިވެސް ފައިދާ ކުރާނެ ޕްެރޮޖެކްޓްތަކަކަށް ވުމަކީ މުހިންމުކަމެއް. ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް. ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓްގެ ބޭނުމަކީ މި ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި ކަސްރަތަށް އަހުލުވެރިކުރުވުން. މި ރަށުގައި ކަސްރަތު ކުރުމަށް ސަރަހައްދެއް ގާއިމްވެފައި ނުވާތީ ގިނަފަރާތަކަށް ކަސްރަތު ކުރުން ވަނީ ދަތި އުދަނގޫ ކަމަކަށްވެފައި. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކަށްވީ ހިތުގެ ބަލި، ޑައިބެޓިކްސް، ޕްރެޝަރު މަތިވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަދި އަމިއްލައަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް އެހީވުން. މިއީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ވެސް ހާއްސަ ޖިމް އަކަށް ވާނެކަމަށް އުއްމީދުކުރަން. މި މަސައްކަތައް ރަށުގެ ރައްޔިތުންނާއި ކުރިނބީ ޔޫތް މޫވްމަންޓުގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތައް ހާއްސަ ޝުކުރުރެއް އަދާކުރަން." ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އާދަމް ޝަޒީމް ވިދާޅުވިއެވެ.


ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355