twitterviber whatsapp telegramfacebookyoutube instagram
23rd January 2021

ތޫފާން ދަނީ ރާއްޖެއާ ދުރަށް ނަމަވެސް ވައިގަދަވާނެ: މެޓް އޮފީސް

ނަބީލާ އިސްމާޢީލް
Dec 3, 2020

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން އުފެދުނު "ތޫފާން ބުރެވި" މިހާރު ހުރީ ހއ. ކެލާއާ 770 ވަރަކަށް ކިލޯމީޓަރު ދުރުގައި ކަމަށާއި އެ ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށް ނަމަވެސް ވައި ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެެފި އެވެ.

މެޓް އޮފީހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ރޭގެ ވަގުތެއްގައި ލަންކާ އަށް ތޫފާން ބުރެވި އަރާ މިހާރު ވަނީ ލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް އަރާފައި ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އިންޑިއާ އަށް އަރާނެ ކަމަށެވެ.

އަދި ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ. އެކަމަކު ތޫފާނާއި ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ސަރަހައްދަށް ވައި ގަދަ ވާނެ ކަމަށް މެޓު އޮފީހުން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުންޏެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355