twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސަޕޯޓް ދޭންވީ ކުޅިވަރުގެ ރޫހާ އެއްގޮތަށް، ކުރަންވީ އާޑައެއް ނޫން!

ނަބީލާ އިސްމާޢީލް
Dec 7, 2020
12

ޒަމާނުންސުރެން ކޮންމެ ކުޅިވަރަކީވެސް އެ ކުޅިވަރަކަށް ސަޕޯޓްކުރާ ބަޔަކު ވަރަށް ފޯރީގައި ކުރިއަށްގެންދާ ކަމަކަށް އޮންނަނީ ވެފަ އެވެ. ރަށްފުށުގައި މިކަމުގައި އޮންނަ ފޯރި ބޮޑެވެ. އެބަޔަކަށްވީ އެންމެ ފުރިހަމައަށް ކުލަގަދަކޮށް ތައްޔާރީތައް ބާއްވަ އެވެ. ކުޅިވަރަށް ލޯބިކުރުމަށް ކޮންމެ މީހަކީ ކުޅުންތެރިއަކަށްވާކަށް ވެސް ނުޖެހެ އެވެ. ސަޕޯޓަރެއްގެ ގޮތުގައި އެ ކުޅިވަރަކަށް ހިތްވަރުދޭ އެތައް ބަޔަކު އުޅެއެވެ.

ކުޅިވަރަކީ އަބަދުވެސް ކޮންމެވެސް އެއްބަޔަކު މޮޅުވެ އަނެއް ބަޔަކު ބަލިވެގެން ނިމޭނެ އެއްޗެކެވެ. މުބާރާތެއްގައި ބައިވެރިވާއިރުވެސް އެކަން އެނގޭނެ އެވެ. ނަމަވެސް ބަލި ގަބޫލު ކުރެވުމަކީ ގިނަ ސަޕޯޓަރުންނަށް އަދި ކުޅުންތެރިންނަށްވާ ކަމެއް ނޫނެވެ. ޓީމެއް ބަލިވެއްޖެ ނަމަ ގިނަ ފަހަރަށް މެޗަކަށް އަރާތިބޭ ރެފުރީން ނުވަތަ ޖަޖުންގެ މޭޒުގައި ތިބޭ ބައެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ނިންމާ އެ މީހުންނާ ދިމާލަށް ނޭދެވޭ ބަސްތައް ބޭނުންކޮށް ހަޅޭލެވުން މިއީ ވަރަށް ފެންނަ މަންޒަރުތަކެކެވެ.

ގިނަ ފަހަރަށް ސަޕޯޓަރުންގެ ފަރާތުން ފެނުނު ނަމަވެސް މަދުން ނަމަވެސް ކުޅުންތެރިންގެ ފަރާތުންވެސް ކުޅިވަރާއި ނުގުޅޭ މިފަދަ ނޭދެވޭ އަމަލުތައް އަންނަނީ ހަމަ ޒަމާނުންސުރެންވެސް ފެންނަމުންނެވެ. ހާއްސަކޮށް ކުޅިވަރު އެ ކުރިއަށްދާ ރަށަށް އައިސްތިބޭ ރަށުން ބޭރު ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ނިސްބަތްވާ ގޮތަށް މިފަދަ އަމަލުތައް ހިންގާ ގަޔަށް އަތްލާކަމީ ވަރަށްވެސް ނާތަހުޒީބު އަމަލެކެވެ.

މި ފަދަ ގޮތަކަށް އަމަލު ކުރެވެމުންދާއިރު އެ އަމަލު އެ ހިންގާބަޔަކަށް މިއީ ވަރަށް ގަޓު ކަމެކޭ ހީވިޔަސް ތިމާއާއި ދޭތެރޭ މިފަދަ އަމަލެއް ހިނގީމައި ނޫނީ ގިނަ ފަހަރަށް އެކަން އިހުސާސްނުވެ އެވެ. އެ ފަދަ ވަގުތެއްގައި އެ ގޮވާލެވޭ އެއްޗަކުން ނުވަތަ ހިންގޭ އަމަލަކުން އެ ވެއްޓެނީ ހުދު ތިމާގެ އަގެވެ. އަދި އެ ބޭޒާރު ވަނީ ހަމަ ތިމާގެ ރަށެވެ.

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ހޭންޑްބޯލް މުބާރާތުގައިވެސް މިފަދަ ދަށު ދަރަޖައިގެން މަންޒަރުންތައް ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން މަދުން ނަމަވެސް އެބަ ފެނެ އެވެ. މިއީ އެއްގޮތަކަށްވެސް ކުޅިވަރު ދަނޑުތަކުން ފެނިގެންވާނެ ކަންކަމެއް ނޫންނެވެ. އަތޮޅުތެރޭގައި ކުޅިވަރު މުބާރާތްތައް މަދު އަދި އިންތިޒާމު ކުރާނެ ބަޔަކު ނެތް އިރު ކުޅިވަރަށް ލޯބިކުރާ ބަޔަކު ބާއްވާ މިފަދަ މުބާރާތްތަކުން ދެބައިވުމާއި ތަޅާފޮޅުން އެއްކިބާކޮށް ކުޅިވަރުގެ ރޫހާއި ދިވެހިންގެ އެއްބައިވަންތަކަށް ދައްކުވައިދިނުން މާ ސަޅިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355