twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބީއެމްއެލްއަށް ދިގުމުއްދަތަށް ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ނަބީލާ އިސްމާޢީލް
Dec 8, 2020

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑު ދީފި އެވެ.

ބީއެމްއެލް އިން ރޭ ބޭއްވި ހަފުލާއެއްގައި އަގު ވަޒަކޮށް ހާއްސަ އެވޯޑުތައް ދީފައިވަނީ އެ ކުންފުންޏަށް 15 އަހަރާއި 20 އަހަރު އަދި 25 އާއި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. އެ ކުންފުނިން ޖުމުލަ 33 މުވައްޒަފަކަށް އެވޯޑު ދީފައިވެ އެވެ.

އަގު ވަޒަން ކުރި މުވައްޒަފުންގެ ތެރެއިން ދިގު މުއްދަތަށް ހިދުމަތް ކުރުމުގެ އެވޯޑު ލިބިފައިވަނީ 35 އަހަރުގެ މުއްދަތަށް ހިދުމަތްކޮށްފައިވާ، އެ ބޭންކުގެ ހެޑް އޮފް ޕްރޮކިއުމަންޓް މުހައްމަދު އަހުމަދު އާއި ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑް މިނިސްޓްރޭޝަން ހަސަން ޝާމް އަށެވެ. މީގެ އިތުރުން ބޭންކަށް 25 އަހަރު ހިދުމަތް ކޮށްގެން، އެވޯޑު ލިބުނީ ސީނިއާ ޕެރަލީގަލް އަބްދުﷲ ސައީދުގެ އިތުރުން ގަމު ބްރާންޗް މެނޭޖަރު ހާނީމާ ނަސީމް އަށެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ހީވާގިކަމާއެކު ދިގު މުއްދަތަކަށް މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާފަ އެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދީފައިވާ ކުންފުންޏެވެ. އެގޮތުން ބޭންކުގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355