twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަންނަ އަހަރުގެ ފުރަތަމަ 3 މަސްތެރޭ ރާއްޖޭގައި ވެކްސިން ދޭން ފަށަނީ

ޚަދީޖާ އާދަމް
Dec 10, 2020
1

އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އާންމުންނަށް ކޮވިޑް ވެކްސިން ދޭން ފެށޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

އެޗްއީއޯސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ގުރޫޕް "ކޮވެކްސް" މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހޯދުމަށް ހުށަހެޅި އެޕްލިކޭޝަން އެ ފަރާތުން މިއަދު ބަލައިގެންފައިވާ ކަމަށެވެ.

އެގޮތުން ވީހާވެސް އަވަހަށް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ލަފާކުރެވޭ ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދިވެހިންނަށް ވެކްސިން ދެވޭވަރު ވާނެ ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ.

ކޮވެކްސް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނޭ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށާއި ރާއްޖެއަށް ލިބޭ ވެކްސިންގެ 17 ޕަސެންޓް ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާނީ 50 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުން އަދި އާންމު ހިދުމަތްތައް ދިނުމުގައި އުޅޭ ފްރޮންޓްލައިން މުވައްޒަފުންނަށް ކަމަށް ވެސް އެޗްއޯއީސީން ބުންޏެވެ.

ބާކީ ހުރި ވެކްސިން ގަތުމަށް އެހެން ގައުމުތަކާ ވެސް ވާހަކަ ދައްކައިގެން ކުރަމުން އަންނަ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ. އަދި ވެކްސިން ރާއްޖެ ގެންނަންވާއިރަށް ގާއިމް ކުރަން ޖެހޭ ސްޓޯރޭޖް ފެސިލިޓީތަކާއި ރަށްރަށަށް ވެކްސިން ގެންދިޔުމުގެ މަސައްކަތަށް ވެސް ރާވަން ޖެހޭ ލޮޖިސްޓިކް ކަންކަން ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355