އޮކްޓޯބަރު މަހާ އަޅާބަލާއިރު މިދިޔަ ނޮވެމްބަރު މަހު މީރާ އަށް ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
މީރާއަށް އާމްދަނީގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު 461.49 ރުފިޔާ ލިބުނު އިރު ޑޮލަރުގެ އާމްދަނީގެ ގޮތުގައި 11.26 މިލިއަން ޑޮލަރު ލިބިފައި ވެެއެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 59.9 ޕަސެންޓް ދަށް އަދަދެކެވެ.
މީރާ އިން ބުނީ އާމްދަނީ ދަށްވި މައިގަނޑު ސަބަބކީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއެކު ޓޫރިޒަމް ދާއިރާ އިން ދައްކާ ޓެކުހުގެ އަދަދު މަދުވުން ކަމަށެވެ.
އާންމު އެހެން މަސްތެކެކޭ އެއްގޮތަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. ޖުމްލަ އާމްދަނީގެ 66.9 ޕަސެންޓަކީ ޖީއެސްޓީ އިން ލިބުނު އާމްދަނީ އެވެ. އެއީ 178.5 މިލިއަން ރުުފިޔާ އެވެ.
ނޮވެމްބަރު މަހު މިރާ އަށް ޑޮލަރުން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 8.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ ޖުމްލަ އާމްދަނީގެ 75.4 ޕަސެންޓެވެ. ގްރީން ޓެކުހުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބުނުއިރު، އެއީ ޖުމްލަ އާމްދަނީގެ 9.5 ޕަސެންޓެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 463,323 ޑޮލަރު، އެއާޕޯޓް ސާވިސްޖާޗުގެ ގޮތުގައި 457,467 ޑޮލަރު ލިބުނެވެ. މީގެ އިތުރުން ސީއެސްއާރު ފީގެ ގޮތުގައި 303,000 ޑޮލަރު ލިބިފައިވެ އެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 42 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ޖުމްލަ އާމްދަނީގެ 9.1 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ރެޒިޑެންޓް ޕާމިޓު ދޫކޮށްގެންނެވެ. އެގޮތުން ރެޒިޑެންޓް ޕާމިޓް ދޫކޮށްގެން މިދިޔަ މަހު 19.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދި ބީޕީޓީގެ ގޮތުގައި 9.4 މިލިއަން ރުފިޔާ މިދިޔަ ނޮވެމްބަރު މަހު ލިބިފައިވާކަމަށް މީރާ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކަ އެވެ.
މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ތަފާސް ހިސާބުތައް ދައްކަ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތައް ދައްކަ އެވެ.