twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް

ނަބީލާ އިސްމާޢީލް
Dec 13, 2020

މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެ ކުރި މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރި މިންވަރު ދަށްވެ، އިމްޕޯޓް/އެކްސްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށްވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 224 މިލިއަން ރުފިޔާ އެވެ. މިިއީ 2019ގެ އެ މުއްދަތުގައި އެކްސްޕޯޓުކުރި މުދަލުގެ އަގާ އަޅާބަލާއިރު 46 ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 417 މިލިއަން ރުފިޔާ އެވެ.

މިިދިޔަ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެތެރެކުރި މުދަލުގެ އަގަކީ 4.3 ބިލިއަން ރުފިޔާ އެވެ. މިއީ 52 ޕަސެންޓު ދަށްވުމެކެވެ.

ނޮވެމްބަރު މަހު މުދާ އެތެރެކުރި މިންވަރު ވަރަށް ބޮޑަށް ދަށްވުމާއެކު އިމްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 33 ޕަސެންޓު ވަނީ ދަށްވެފަ އެވެ.

އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 303 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިއަހަރުގެ ނޮވެމްބަރު މަހު އާމްދަނީގެ ގޮތުގައި ލިބުނީ 204 މިލިއަން ރުފިޔާ އެވެ.

ޖުލައި މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓު ކުރި ފަސް ގައުމަކީ ޗައިނާ، ސިންގަޕޫރު އިންޑިއާ، އަދި ޔޫއޭއީގެ އިތުރުން އޮމާން އެވެ.

އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓު ކުރީ ނުވަތަ ބޭރު ކުރީ ފަރަންސޭސިވިލާތް، ތައިލެންޑް، އިޓަލީވިލާތް، އެމެރިކާ އަދި ޖަރުމަންވިލާތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355