twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޮވިޑް ވެކްސިންގެ އެއް ބިލިއަން ޑޯޒް ވަނީ މަދުން އަދި މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކަށް ހޯދައިދީފަ: ޑަބްލިއުއެޗްއޯ

Dec 13, 2020

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުން އުފެއްދި ވެކްސިންތަކުގެ އެއް ބިލިއަން ޑޯޒް ވަނީ މަދުން އަދި މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކަށް ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ހުރިހާ ގައުމުތަކަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ޑަބްލިއުއެޗްއޯ އިން ކުރަމުން ދިޔަ ނަމަވެސް ތަރައްގީވެފައިވާ ގައުމުތަކުން ވަނީ ވެކްސިން ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން އޯޑަރު ދީފަ އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކޮވެކްސް ޕްރޮގްރާމުގައި މިހާތަނަށް 189 ގައުމުން ބައިވެރިވެފައިވާ ކަމަށެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން އުފެއްދި ވެކްސިނަށް އިނގިރޭސި ވިލާތާއި އެމެރިކާގައި ހުއްދަ ދީފައިވުމާ އެކު ފައިޒާ އިން ވަނީ އަންނަ މާޗު މަހުގެ ނިޔަލަށް އެމެރިކާ އަށް 100 މިލިއަން ޑޯޒުގެ ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފަ އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ.

މޮޑާނާ އިން އުފެއްދި ވެކްސިންގެ 200 މިލިއަން ޑޯޒް ޖޫން މަހުގެ ނިޔަލަށް ފޯރުކޮށްދޭނެ އެވެ. އިނގިރޭސި ވިލާތުން ވަނީ 40 މިލިއަން ޑޯޒުގެ ވެކްސިނަށް އޯޑަރު ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355