twitterviber whatsapp telegramfacebookyoutube instagram
21st April 2021

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޕަސެންޓު އިތުރު ޑޭޓާ ޕެކެއް

ނަބީލާ އިސްމާޢީލް
Dec 20, 2020

އަހަރުގެ ނިންމުން ފާހަގަ ކުރުމަށް ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން 100 ޕަސެންޓަށް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ވެލިއު އޮފަރ އެކްޓިވޭޓް ކޮށްގެން ކޮންމެ ކަސްޓަމަރަކަށް 1.5 ޖީބީގެ ބަދަލުގައި 3ޖީބީގެ ޑޭޓާ އެލަވަންސް ލިބިގެން ދާނެއެވެ.

ޕްރީޕެއިޑު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ތައާރަފުކުރި މި އޮފާ ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ. ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ އަންނަ ޖަނަވަރީ 10 ވަނަދުވަހުގެ ނިޔަލަށެވެ.

ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފު ކޮށްފަ އެވެ. މި ބަދަލުތަކާ އެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355