twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނަގުދު ފައިސާ ކަސްޓަމްސް އަށް ރިޕޯޓް ކުރަންޖެހޭ އަދަދު ދަށްކޮށްފި

ނަބީލާ އިސްމާޢީލް
Dec 23, 2020

ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ކަސްޓަމްސް އަށް ރިޕޯޓްކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވައިދަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބަދަލު ގެނެސްފި އެވެ.

މަނީލޯންޑްރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 2015 ވަނަ އަހަރު އެކުލަވާލި ރާއްޖެއަށް އެތެރެކުރާ އަދި ބޭރަށް ގެންދާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދުގައި އެންމެ ފުރަތަމަ ބުނީ 300،000 ޑޮލަރު ނުވަތަ އެއަށް ވުރެ މަތީ އަދަދަކާ އެއްވަރުގެ ނަގުދު ފައިސާ ބޭރު ކުރާ ނަމަ ނޫނީ ރާއްޖެ އެތެރެ ކުރާނަމަ "ކޭޝް ޑިކްލަރޭޝަން" ފޯމް މެދުވެރިކޮށް އެކަން ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު އެ ގަވާއިދު އިސްލާހުކޮށް، އެ އަދަދު ވަނީ 20،000 ޑޮލަރަށް ދައްކޮށްފައެވެ.

އިއްޔެ އެ ގަވާއިދަށް ގެނައި އިސްލާހުގައި ކަސްޓަމްސް އަށް ފައިސާ ރިޕޯޓުކުރަން ޖެހޭ އަދަދު ވަނީ 10،000 ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ އެ އަދަދަށްވާ ނުވަތަ މި އަދަދަށްވުރެ މަތީ އަދަދަކަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ އަށް ބަދަލުކޮށްފައެވެ.

މި ބަދަލަށް އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، ދިވެހި ރުފިޔާއިން ނުވަތަ ބޭރުގެ އެހެން ގައުމެއްގެ ފައިސާއަކުން ނަމަވެސް، މިހާރު ކަނޑައެޅުނު އަދަދަށް ނުވަތަ އެއަށް ވުރެ މަތީގެ އަދަދަކުން އެތެރެކޮށް، ބޭރުކުރާނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށް އެ ބޭންކުން އިތުރަށް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355