twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބީއެމްއެލް އިސްލާމިކް އިން އެޑިޔުކޭޝަން ފައިނޭންސިން ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Dec 23, 2020

ބީއެމްއެލް އިސްލާމިކް އިން އާ އެޑިޔުކޭޝަން ފައިނޭންސިންގ ފެސިލިޓީއެއް މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ މި ފެސިލިޓީ އަކީ ސަރޓިފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފް ކުރެވުނު ފެސިލިޓީއެއް ކަމަށެވެ.

އެޑިޔުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ހަރަދުތައް ހިމަނައިގެން ޖުމްލަ ހަރަދުގެ 75 އިންސައްތަ އާ ހަމައަށް ފައިނޭންސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފައިސާ ދައްކާ ހަލާސްކުރުމަށް އެންމެ ދިގުމުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވާއިރު މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 އިންސައްތައިގެ ރޭޓުގައެވެ. މި ފައިނޭންސިންގއަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލްކުރުމަށްފަހުގައެވެ.

ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ހަރަދުގެ 25 އިންސައްތަ ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ހަރަދު ކުރަން ޖެހޭނެއެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ 150 އިންސައްތަ އަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އެޑިޔުކޭޝަން ފައިނޭންސިންގ އަށް އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެއެވެ.

މި ފެސިލިޓީއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355