twitterviber whatsapp telegramfacebookyoutube instagram
16th April 2024

ގިނަ އަދަދެއްގެ ބަނގުރަލާ އޫރުމަސް ކަސްޓަމްސްއިން ނައްތާލައިފި

Dec 24, 2020

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ ނައްތާލާފައިވަނީ 2220.50 ކިލޯގެ އޫރު މަހާއި 8719.92 ލީޓަރުގެ ބަނގުރާ ކަމަށެވެ. މި ތަކެތި ނައްތާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު ތިލަފުށީގައި، ކަސްޓަމްސްގެ އޮފިސަރުންނާއި މީޑިއާގެ ކުރިމަތީގަ އެވެ.

އެތަކެތި ނައްތާލާފައި ވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންބެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވެގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހެދި ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355