twitterviber whatsapp telegramfacebookyoutube instagram
8th June 2026

އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ބަންދުވާނެ

ނަބީލާ އިސްމާޢީލް
Dec 29, 2020

އަންނަ ބުރާސްފަތި ދުވަހު މަރުކަޒީ ބެންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބީއެމްއެލްގެ ހިދުމަތްދޭ ސާވިސް ސެންޓަރުތައް ބަންދުކުރަން ނިންމައިފި އެވެ.

އެމްއެމްއޭއިން ބުނީ އާންމު އުސޫލުގެ ދަށުން މިއަހަރުވެސް ޑިސެމްބަރު 31 ވަނަ ދުވަހު ބޭންކިން ހިދުމަތްތައް ބަންދު ވާނެ ކަމަށާއި ބޭންކިންގެ ހިދުމަތްދޭނެ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށެވެ.

އޮޑިޓް ކުރުމަށް ބޭންކްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރި ނަމަވެސް ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހުރިހާ ހިދުމަތެއް 24 ގަޑިއިރުދެމުން ގެންދާނެކަމަށް ބޭންކުން ބުނެއެވެ. އަދި އޭޓީއެމްތަކުން ހޯދާ ހިދުމަތްތައް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު އޮޑިޓް ކުރުމަށް ބީއެމްއެލް ބަންދުކުރާއިރު، ހުކުރު އަދި ހޮނިހިރު ދުވަހަށްފަހު ޖެނުއަރީ 3 ވަނަ ދުވަހު ބޭންކް ހުޅުވާ ޚިދުމަތްތައް ކުރިއަށް ގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޮންމެ އަހަރެއްގެވެސް އެންމެ ފަހު ދުވަހު ބޭންކްތައް ބަންދުކުރަނީ މާލީ އަހަރު ނިންމުމުގެ ގޮތުން އޯޑިޓް ކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355