ތަފާތު އެކި ބާވަތްތަކުގެ މުދާ ވިއްކުމަށް ހާއްސަކޮށް ކުޅުދުއްފުށީގައި އާ ފިހާރައެއް ހުޅުވައިފި އެވެ. ހޭވަތް ނަމުގައި ހުޅުވި މި އާ ފިހާރަ ހުޅުވާފައިވަނީ އިއްޔެ ހަވީރު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެވެ.
މި ފިހާރަ ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ކޯޕަރޭޓިވް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް އިބުރާހިމް ވިދާޅުވީ، މި ވިޔަފާރިއާއެކު ރަށުގެ ވިޔަފާރިއަށް އާ ބޮޅެއް ގަތާލެވިގެން ދިޔައީ ކަމަށެވެ. މިކަމުގެ ސަބަބުން ރަށަށާއި މިސަރަހައްދަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް އިސްމާއިލް ފާހަގަކުރެއްވި އެވެ.
އާ ވިޔަފާރިއަށް މަރުހަބާ ކިޔައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ، ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އިޖުތިމާއީ ގޮތުންވެސް މި ވިޔަފާރީގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
އިމާރާތް ކުރުމުގެ ސިނާޔަތް ވަރަށް ބޮޑަށް ކުރިއަރަމުންދާ ރަށެއްކަން ފާހަގަކުރައްވާ އިސްމާއިލް ވިދާޅުވީ، އެ ސިނާޔަތަށް ބޭނުންވާ ސާމާނު އެއްތަނަކުން ލިބެން ހުރުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށާ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އެ އިމާރާތެއް ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު އެއްތަނަކުން ލިބެން ހުރުމަކީ އެތަކެއް ގޮތަކުން ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.
މި ފިހާރާގައި ހާޑްވެއަރ ސާމާނާއި ބަދިގެ ސާމާނުގެ އިތުރުން ތަފާތުއެކި ވައްތަރުގެ ލައިޓާއި ބައިސްކަލް އަދި، ކަބަޑާއި އައިސް އަލަމާރި އާއި ފްރިޖް އެބަހުއްޓެވެ. އަދި އެސްޓާސްގެ އޮންލައިން ފިހާރާގެ ހިދުމަތްވެސް މިތަނުން ލިބެ އެވެ. އޮންލައިން ފިހާރައިން މުދާ އޯޑަރު ދޭތާ 7 ދުވަހާއި ދިހަ ދުވަހާ ދެމެދު އެ މުދަލެއް ރަށަށް ގެނެސްދެ އެވެ.
ހޭވަތް މި ފިހާރަ ވެގެންގޮސްފައިމިވަނީ ކުޅުދުއްފުށީގައި ފުރަތަމަ އިސްތިހާރު ކުރުމަށް ޑިސްޕްލޭ ސްކްރީނެއް ބެހެއްޓި ފުރަތަމަ ފިހާރައަށެވެ. އެ ސްކުރީނުގައި އިސްތިހާރު ކުރުމުގެ ފުރުސަތު ކޮންމެ ވިޔަފާރިއަކަށްވެސް ވަނީ ހުޅުވާލާފަ އެވެ. މި ފިހާރަ ހުންނަނީ އަމީނީމަގުގައި ހުންނަ ޗާނދަނީގޭގައި (ފެހިދޫލަ ފިހާރަ ކުރިމަތީގައި) އެވެ.