twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކާގޯ ފެރީގެ ފަސްވަނަ ދަތުރުގައި 700 ޓަނުގެ މުދާ ކުޅުދުއްފުއްޓަށް

ނަބީލާ އިސްމާޢީލް
Jan 3, 2021
2

ކޮޗިން ކާގޯ ފެރީގެ ފަސްވަނަ ދަތުރުގައި 700 ޓަނުގެ މުދާ ކުޅުދުއްފުއްޓަށް ގެނެސްފި އެވެ.އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާފައިވާއިރު، މިއަދު 12:00 ޖަހާއިރު ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ވަދެފައިވަނީ ކާގޯ ފެރީގެ ފަސްވަނަ ބޯޓެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ޗީފް މެނޭޖަރ މުހައްމަދު އަހުމަދު ވިދާޅުވީ މި ދަތުރުގައި އާންމުކޮށް ގެނެސްފައިވަނީ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އާންމު މުދާ ކަމަށެވެ. 700 ޓަނުގެ މުދަލަކީ ކުޅުދުއްފުއްޓަށް ކުލިއާކުރަން ހަމަޖެހިފައިވާ މުދަލެވެ.

އަދި އެއްފަހަރުން އަނެއްފަހަރަށް ކުޅުދުއްފުއްޓަށް އަންނަ ކާގޯ ފެރީގައި ގެންނަ މުދަލުގެ އަދަދު ދަނީ ބޮޑުތަނުން ގިނަވަމުން ކަމުގައި އޭނާ ފާހަގަ ކުރި އެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ދޭން ނިންމާފައިވަނީ، ސަރަހައްދުގެ ވިޔަފާރިތައް ކުރިއެރުވުމާއި އަދި އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ގައުމުތަކަށް ޕްރޮމޯޓްކޮށް މަންފާ ހޯދުމަށްވެސް މަގުފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކާގޯ ފެރީ ރާއްޖެ އައުމަށާއި ރާއްޖެއިން އެނބުރި ކޮޗިންއަށް ދިއުމަށް 10 ދުވަސް ހޭދަވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355