twitterviber whatsapp telegramfacebookyoutube instagram
23rd August 2026

އިންޑިޔާ ކާގޯ ފެރީ ދަތުރުތައް މެދުނުކެނޑޭ: އެމްޕީއެލް

ޚަދީޖާ އާދަމް
May 31, 2021

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިދިޔަ އަހަރު ފަށާފައިވާ ކާގޯ ފެރީގެ ހިދުމަތް މެދުކެނޑިފައި ނުވާ ކަމަށާއި މިހާރު ވެސް ދަތުރުތައް ކުރިޔަށް ދާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލް އިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މުދާ ކޮންޓެއިނަރުތައް އިންޑިއާ ފެރީއިން އުފުލާ ކަމަށާއި ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު އެ ފެރީ ރާއްޖެ އަންނަ ކަމަށެވެ.

"ކޮޗިން ފެރީ" ގެ ނަމުގައި އިންޑިއާ ފެރީގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެ ފެރީގެ ހިދުމަތް މިހާރު މެދުކެނޑިފައިވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.

އެމްޕީއެލުން ބުނީ ފާއިތުވި ތިން މަހުގައިވެސް ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނާ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވާކަމަށާއި 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ކާބޯތަކެއްޗާއި ބޭހާއި އަންނައުނު އަދި އެނޫންވެސް ބާވަތްތައް އިންޑިއާ އިން އެތެރެކުރެއެވެ. ކުޅުދުއްފުއްޓަށް ކޮޗިން ފެރީގެ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355