twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިންޑޮނޭޝިއާ ބޯޓް ވެއްޓުން ސަރަހައްދުން އިންސާނުންގެ ގުނަވަންތައް ފެންނަން ފަށައިފި

ނަބީލާ އިސްމާޢީލް
Jan 10, 2021

އިންޑޮނީޝިއާގައި އޮޕަރޭޓްކުރާ ސްރިވިޖަޔާ އެއާގެ، ބޯއިން 737 މަރުކާގެ ފުލައިޓެއް ކަނޑަށް ވެއްޓުނު ހިސާބުން އިންސާނުންގެ ގުނަވަަންތަކާއި، އަންނައުނު ފެންނަން ފަށައިފި ކަމަށް، ރެސްކިޔު މަސައްކަތުގައި އުޅޭ ޓީމްތަކުން ރިޕޯޓް ކޮށްފި އެވެ.

62 މީހުންނާއެކު ވެރިރަށް ޖަކާޓާއިން ފުރައިގެން އިރުމަތީ ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓަނަކް އަށް ދަތުރުކުރި ފްލައިޓް ކަނޑަށް ވެއްޓިފައިވާ ކަމަށާއި، ވެއްޓުނު ހިސާބު ހޯދިފައިވާކަމަށް އިންޑޮނޭޝިއާގެ ނޭވީއިން ވަނީ ބުނެފައެވެ. ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ވީކަމެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

އޮފިޝަލުން ވިދާޅުވަނީ ރެސްކިޔު ޓީމްތަކުން ސޯނާ ބޭނުން ކޮށްގެން ސަރަހައްދު ހޯދަމުން ގެންދާއިރު މަތިންދާބޯޓާ ގުޅުންހުރި ބައިތައް ފެންނަމުން އަންނަ ކަމަށާއި، ދަގަނޑާއި މެޓަލް ޝީޓްގެ ބައިތައް ވެސް ފެނިފައިވާ ކަމަށެވެ.

ސްރީވިޖާޔާ އެއާގެ ފްލައިޓް ވެއްޓުނު ސަރަހައްދުގެ ގިނަ މަސްވެރިން ވަނީ އެމީހުންނަށް ފްލައިޓުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާކަމަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކޮށްފައެވެ.


ރެސްކިއު ޓީމްތަކާއި، ޑައިވަރުން އެސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އިންޑޮނޭޝިއާގެ ނޭވި އިން ބުނެއެވެ.

ގެއްލިފައިވާ ބޯއިން 737-500 މަރުކާގެ މަތިންދާ ބޯޓު ބޭނުންކުރާތާ 27 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355