twitterviber whatsapp telegramfacebookyoutube instagram
21st September 2026

ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ ބޮޑުބައި ނިންމާލައިފި

ނަބީލާ އިސްމާޢީލް
Jan 10, 2021

ހދ. ނެއްލައިދޫ ބަނދަރު ހެދުމުގެ ބޮޑުބައި ނިމިފައިވާކަމަށް އެ ޕްރޮޖެކްޓާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ބުނެފި އެވެ.

އެމްޓީސީސީން ބުނީ ނެއްލައިދޫ ބަނދަރު މަސައްކަތުގެ 42 ޕަސަނަޓް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރުއުގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ ފަސް ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 331 މީޓަރުގެ ބޭރު ތޮށި ލުމާއި، 204 މީޓަރުގެ އެއްގަމުތޮށި ލުމާއި، 50 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި، 2،102 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމުގެ އިތުރުން ނެރު ބައްތި އާއި މަގު ބައްތި ހަރު ކުރާނެ އެވެ.

މި މަޝްރޫއު ފެށުމަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރެވިފައިވަނީ 27 ފެބްރުއަރީ 2020 ގައިއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293