 
										އެވިޑް ކޮލެޖުގެ އިސް އެކި މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފި އެވެ. މި ކަމަށްޓަކައި އެ ކޮލެޖުގައި މިއަދުވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފަ އެވެ.
މި ކަމަށްޓަކައި މިއަދު އެ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެވިޑް ކޮލެޖުގެ އިސް މަގާމުތަކުގެ ކުރިއެރުން ލިބުނު ފަރާތްތަކާއި މަގާމުތަކަށް ހަމަޖެއްސި ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
 
										 
										 
										
            މިއަދު މަގާމުގެ ކުރި އެރުން ލިބުނު ޑރ ސުނީނާ ކުރިން ހުންނެވީ އެކޮލެޖުގެ ވައިސް ރެކްޓާގެ މަގާމުގަ އެވެ.
ސުނީނާއަކީ ގައުމީ ޔުނިވާސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުންގެންދެއެވެ.
        




