twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނައިބްރަޝާދު 30 ސްކޮލަޝިޕާއެކު އެވިޑް ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Nov 5, 2022

ނައިބްރަޝާދު 30 ސްކޮލަޝިޕާއެކު އެވިޑް ކޮލެޖުން އަންނަ އަހަރު ހިންގުމަށް ނިންމާފައިވާ ކޯސްތަކަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލައިފިއެވެ.

އެވިޑް ކޮލެޖުން ބުނީ، އަންނަ އަހަރު "ނައިބްރަޝާދު ސްކޮލަޝިޕް"ގެ ގޮތުގައި މާސްޓާސް ފެންވަރުގެ 10 ފުރުސަތާއި ބެޗްލާސް ޑިގްރީގެ 10 ފުރުސަތާއި ފައުންޑޭޝަންގެ 10 ފުރުސަތު އެ ކޮލެޖުން ހަމަޖައްސާފައިވާ ކަމަށެވެ. ޖެނުއަރީ އިންޓޭކްގައި އެކިއެކި ދާއިރާތަކުން ތަފާތު ފެންވަރުގެ 90 އަށްވުރެ ގިނަ ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.

އެވިޑް ކޮލެޖުން ހިންގާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް، އެޗްއާރް، ޓީޗިން، ސްޕެޝަލް އެޑިޔުކޭޝަން، ޝަރީއާ އެންޑް ލޯ، ކައުންސެލިން، ސައިކޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމެންޓް ހިމެނޭކަމަށް އެ ކޮލެޖުން ބުންޏެވެ. އެ ދާއިރާތަކުގެ ކޯސްތަކުގައި، ސެޓްފިކެޓް ފެންވަރުން ފެށިގެން މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބެން ހުންނާނެ ކަމަށް ވެސް އެވިޑް ކޮލެޖުން ބުންޏެވެ.

ޖެނުއަރީ އިންޓޭކުގައި އާ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ. އެ ކޯސްތަކަކީ އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް އާއި ޑިޕްލޮމާ އިން އޮޑިޓިން އެންޑް ފްރޯޑް އިންވެސްޓިގޭޝަން ކޯސް ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ ކޯސްތަކެއް އަންނަ އަހަރު ހިންގުމަށް އެވިޑް ކޮލެޖުން ވަނީ ނިންމައިފައެވެ. އެގޮތުން އަޔާޓާ، ޕީއެމްއައި، ސީޓީއެޗް އަދި ޔޫޑަބްލިޔުއެލްގެ ބައެއް ކޯސްތައް ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ އަހަރު ހިންގާނެކަމަށް އެ ކޮލެޖުން ބުންޏެވެ. ޔޫޑަބްލިޔުއެލްގެ ޕްރޮގްރާމްތަކުގެ ތެރެއިން މިހާތަނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯސްތަކަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗްލާ އޮފް އާޓްސް އިން ބިޒްނަސް އާއި ބެޗްލާ އޮފް އާޓްސް އޮނާސް އިން އެކައުންޓިން އެންޑް ފައިނޭންސްކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖުން ބުނީ ޔޫޑަބްލިޔުއެލްގެ ކޯސްތަކުގައި ބައިވެރިވުމަށް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާލާނެ ކަމަށެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވީ، އެވިޑް ކޮލެޖުން އަބަދުވެސް ބަލަނީ ތަފާތު ދާއިރާތަކުން މީހުން ތަމްރީނުކޮށް، މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނަކީ ގާބިލު އަދި ފެންވަރު ރަނގަޅު މީހުންނަށް ހެދުމަށް ކަމަށެވެ. މުސްތާގު ވިދާޅުވީ އަންނަ އަހަރު އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް ފަރުމާކޮށްފައިވަނީ އެކަން ހާސިލުވާނެ ގޮތަށް ބަލައިގެން ކަމަށެވެ،

އެވިޑް ކޮލެޖްގެ ޖެނުއަރީ އިންޓޭކާ ގުޅޭ މައުލޫމާތު 3006768 ނުވަތަ 7803228 ނަމްބަރަށް ގުޅުމުން ލިބެން ހުންނާނެކަމަށް އެ ކޮލެޖުން ބުންޏެވެ. ކޯސްތަކުގައި ބައިވެރިވުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ގެ ކުރިން އެވިޑް ކޮލެޖްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅެން ހުންނާނެކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. އެ ކޮލެޖްގައި ދެހާހަށްވުރެ ގިނަ ދަރިވަރުން އެކިއެކި ކޯސްތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355