twitterviber whatsapp telegramfacebookyoutube instagram
28th April 2024

އެވިޑް ކޮލެޖުން އޮގަސްޓްމަހުގެ ކޯސްތަކަށް ވަނުމަށް ހުޅުވާލައިފި

Jul 5, 2022

މިއަހަރުގެ އޮގަސްޓް މަހު އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު މިއަދު ހުޅުވައިދެއްވައިފިއެވެ.

މި ކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓްމަހުގެ 5 ވަނަދުވަހެވެ. ކޯސްތަކުގައި ބައިވެރިވުމަށް އެވިޑް ކޮލެޖްގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކުރެވޭނެއެވެ.

" މިފަހަރު ކިޔަވާނީ އެވިޑުން " މިޝިއާރުގެ ދަށުން އެވިޑް ކޮލެޖްގެ މާލޭ ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަހުގައި ތަފާތު 08 ދާއިރާ ކަމުގައިވާ އެޑިޔުކޭޝަން ، ބިޒްނަސް މެނޭޖްމެންޓް ، ސައިކޮލޮޖީ ، ކައުންސެލިން ، ޝަރީއާ އެންޑް ލޯ، އިންފޮމޭޝަން ޓެކްނޮލޮޖީ ، ލޭންގްއޭޖް އަދި ޓްރެވެލް އެންޑް ޓުއަރިޒަމް ހިމެނޭގޮތުން ޖުމުލަ 80 އަށްވުރެ ގިނަކޯސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޗެއަމަން މުސްތާޤް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްތަކުގެ ތެރޭގައި އެވިޑްކޮލެޖްގައި އާންމުކޮށް ހިންގަމުންގެންދާ އެކޮލެޖްގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިންޓަނޭޝަނަލް ޕްރޮގްރާމްތައްވެސް ހިމެނެއެވެ.

އެ ކޮލެޖުން މިފަހަރު ފަށާ އިންޓަނޭޝަނަލް ކޯސްތަކުގެ ތެރޭގައި އަޔާޓާ، އޭސީސީއޭ އަދި ޕްރޮޖެކްޓް މެނޭޖްމެންޓް އިންސްޓިޓިއުޓްގެ ކޯސްތައް ހިމެނެއެވެ. އެވިޑް ކޮލެޖުން ހިންގާ އަޔާޓާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް، މެނޭޖިންގ ދަ ޓްރަވަލް ބިޒްނަސް، ސޯޝަލް މީޑިއާ ސްޓްރެޓެޖީ ފޮރ ދަ ޓްރެވެލް އިންޑަސްޓްރީ އީ ލާނިންގ، ޓްރެވެލް އެންޑް ޓުއަރިޒަމް ކޮންސަލްޓެންޓް، އެސިސްޓިންގ ޓްރެވެލަރސް ވިތު ސްޕެޝަލް ނީޑްސް، އީ ކޮމާސް އިން ދަ ޓްރެވެލް އިންޑަސްޓްރީ ކޯސް ހިމެނެއެވެ.

އޭސިސީއޭ ޕްރޮގްރާމްތަކުގެތެރޭގައި ނޮލެޖް ލެވެލް، ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ހިމެނެއެވެ.
ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާއިން މަޝްހޫރު އިންސްޓިޓިއުޓްއެއް ކަމުގައިވާ އެމެރިކާގެ ޕްރޮޖެކްޓް މެނޭޖެމެންޓް އިންސްޓިޓިއުޓުން ހިންގާ " ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް (ޕީ.އެމް.ޕީ) އާއި " ސަޓިފައިޑް އެސޯސިއޭޓް އިން ޕްރޮޖެކްޓް މެނޭޖްމެންޓް (ސީ.އޭ.ޕީ.އެމް) ވެސް ހިމެނެއެވެ.


އެވިޑް ކޮލެޖުން ހިންގުމަށް ކަނޑައަޅާފައިވާ އިންޓަނޭޝަންލް ކޯސްތަކާއިބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗެއަމަން މުސްތާޤް ވިދާޅުވީ އަޔާޓާއަކީ އިންޓަނޭޝަނަލް ބޮޑު ޗެއިންއެއްކަމާއި އެކަމުގެ ސަބަބުން އޭވިއޭޝަންގެ ދާއިރާގައި މަސައްކަތްކުރާއިރު ބައިނަލް އަޤްވާމީ ފެންވަރުގެ ވަޒީފާތަކުގައި އަޔާޓާ ގެ ސެޓްފިކޭޝަން ވަރަށްބޮޑަށް ބަލައިގަނެ އެއީ ލިބޭ އިތުރު އެޑްވާންޓޭޖެއްކަމަށެވެ. ހަމަ އެހެންމެ އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އޭސީސީއޭ ގެ ކޮންމެ ލެވެލްއެއްވެސް ކުރުމުއްދަތެއްގެ ތެރޭގައި އެވިޑް ކޮލެޖުން ކިޔަވައިގެން ފުރިހަމަކޮށް ކާމިޔާބުކަމާއެކީ ސެޓްފިކެޓް ހާޞިލްކުރެވޭނެކަމަށެވެ. އަދި އެކައުންޓެންޓުންގެ ވަޒީފާ ރާއްޖެއާއި ރާއްޖޭން ބޭރުންވެސް ފަސޭހައިން ލިބޭނެކަމުގައެވެ.

މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާއިން ތަޢުލީމު ހާޞިލްކުރައްވައިގެން ތިއްބެވި ފަރާތްތަކުން އިންޓަރނޭޝަނަލް ރިކޮގްނިޝަން ބޭނުންފުޅުވެލައްވާނަމަ އެވިޑް ކޮލެޖުން ހިންގާ ދުނިޔޭގެ ފެންވަރުގައި ވަރަށް ބޮޑަށް ބަލައިގެންފައިވާ ޕްރޮޖެކްޓް މެނޭޖްމެންޓް އިންސްޓިޓިއުޓްގެ ދެ ޕްރޮގްރާމް ކަމުގައިވާ ވާ "ޕީ.އެމް.ޕީ " އާއި " ސީ.އޭ.ޕީ. އެމް" ޕްރޮގްރާމް ހެދުން ވަރަށް މުހިންމުކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355