twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެވިޑް ކޮލެޖުން ނުނިޔަތެއްގައި އިޝްތިހާރުކޮށް ޕްރޮގްރާމެއް ނުހިންގާނެ

Dec 31, 2022

މިދަންނަވާ ދެ ޕްރޮގްރާމް މިކޮލެޖުން އިންސްޓަގުރާމްގައި އިޝްތިހާރުކުރި އިރު ޕްރޮގުރާމްގެ މުއްދަތާއި ލެވެލް ބަޔާންކުރުމުގައި ކުށް ލިޔެވިފައިވާތީ އެކަން އިސްލާހުކޮށް އޭގެ ރަނގަޅު ގޮތް އެވިޑް ކޮލެޖުން އާންމުކޮށް ބަޔާން ނެރެފި އެވެ.

1-އޭސީސީއޭ އެޕްލައިޑް ނޮލެޖް – މި ޕްރޮގުރާމްގެ މުއްދަތަކީ 1 އަހަރެވެ. ލެވެލްއަކީ 5 އެވެ.

2-އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް – މި ޕްރޮގުރާމްގެ މުއްދަތަކީ 3 އަހަރެވެ. ލެވެލްއަކީ 7 އެވެ.

މަތީގައިވާ ދެ ޕްރޮގުރާމަކީ މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކްރެޑިޓްކޮށްފައިވާ ދެ ޕްރޮގުރާމެވެ. އެ ދެ ޕްރޮގްރާމް މިކޮލެޖުން ހިންގުމަށް ހުއްދަދެއްވައި މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުން މި ނޫސްބަޔާނާއެކު އެވަނީއެވެ.

މިޕްރޮގުރާމްތަކުގެ އިޝްތިހާރުގައި ކުށް ލިޔެވިފައިވަނީ އިޝްތިހާރު ނަކަލުކުރުމުގައި އޮޅުމަކުންނެވެ. އަދި ޝާއިޢުކުރިއިރު މިކަން ފާހަގަކުރެވިފައިނުވާތީ މިކަމަށްޓަކައި ނިހާޔަތަށް މާފަށް އެދިފައިވެ އެވެ.

ލިޔެވިފައިވާ ކުށް މިކޮލެޖުގެ ސަމާލުކަމަށް ރަސްމީކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންނެވީ އެކަމާ ގުޅޭގޮތުން ނޫސް ބަޔާނެއް ނެރުއްވުމަށްފަހު އެ ނޫސް ބަޔާނުގެ ނަކަލަކާއެކުއެވެ.

މިގޮތަށް އެމްކިޔުއޭއިން އަމަލުކުރެއްވުމުގެ ސަބަބުން، އިޝްތިހާރު ވަގުތުން އިސްލާހުކުރުމަށް އޮތް ފުރުސަތު މިކޮލެޖަށް ގެއްލިދިޔަ ކަމަށާއި ހަމައެހެންމެ، ނުނިޔަތެއްގައި އިޝްތިހާރު ކުރި ކަމުގައި ދޭހަވާ ފަދަ ގޮތަކަށް ނޫސް ބަޔާން ނެރުއްވާފައިވާތީވެސް މިކޮލެޖުން ހިތާމަކުރާކަމަށް ބަޔާނުގައިވެ އެވެ.

ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރާ މިންނެތް މަސައްކަތްތައް ވަޒަންކުރައްވައި އެ މަރުކަޒުތަކުގެ ކުރިއެރުމަށް އެއްހަމައަކުން މަގުފަހިކޮށްދެއްވައި، އިތުބާރުހިފޭ ގޮތަށް އެ ތަންތައް ނަގަހައްޓަވައިދެއްވުމަކީ ބެލެނިވެރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމުގައި މި ކޮލެޖުން ދެކެމެވެ.

އަދި ދެ ޕްރޮގްރާމް މިކޮލެޖުގައި މިހާރުވެސް ހިންގަމުންގެންދާފަދަ ގޮތަކަށް ބައެއް މީޑިއާތަކުގައި ލިޔެފައިވީނަމަވެސް އެ ދެ ޕްރޮގްރާމް އަދި މިކޮލެޖުގައި ހިންގަން ފަށާފައިނުވާ ކަންވެސް އެވިޑުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355