twitterviber whatsapp telegramfacebookyoutube instagram
18th February 2026

ރާއްޖޭން ސީދާ ދަތުރުތައް ދިއްލީ އަދި ބެންގަލޫރަށް

Jan 12, 2021

އިންޑިޔާގެ ދިއްލީއާއި ބެންގަލޫރަށް ސީދާ ދަތުރު ފެށުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އެއާ އިންޑިޔާއިން މި ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އަންނަ 5 ވަަނަ ދުވަހުއެވެ. ކޮވިޑަށް ފަހު އެއާ އިންޑިޔާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހު 25 ވަނަ ދުވަހުއެވެ.

މިހާރު އެ އެއަރލައިނުން ރާއްޖެއަށް ދަތުރުކުރަނީ ޓްރިވެންޑްރަމްއިން އެކަންޏެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކޮށްފައިވާ ޓްރެވެލް ބަބުލްއާއިއެކު އިންޑިއާގެ 4 އެއަރލައިންއަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ހިމެނެއެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. 2020 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 62905 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355