twitterviber whatsapp telegramfacebookyoutube instagram
10th August 2026

ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން ކްރެޑިޓް ނުދޭތީ އާސަންދަ މެދުކެނޑިފައި

ނަބީލާ އިސްމާޢީލް
Aug 31, 2024

އިންޑިއާގެ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދައިގެ ދަށުން ބަލި މީހުން ފޮނުވުން މެދުކަނޑާލައިފިއެވެ.

އާސަންދައިގެ ހިދުމަތް މެދުކަނޑާލީ ބެންގަލޫރުގެ އެސްޓާ ސީއެމް އައި ހޮސްޕިޓަލާއި ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑަށެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލުތަކުން ފަރުވާ ހޯދޭއިރު، އެންމެ ގިނަ އިން ދިވެހިން ފަރުވާއަށް ދަނީ އިންޑިއާއަށެވެ.

އާސަންދަ ކުންފުނިން ހާމަކުރި ގޮތުގައި މިކަން ދިމާވީ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން ކްރެޑިޓަށް ހިދުމަތް ދިނުން ހުއްޓާލާފައިވާތީއެވެ. އެ ދެތަނަށް ބަލިމީހުން ފޮނުވުން ހުއްޓާލީ އެ ދެ ތަނުން އެދިގެން ވަގުތީ ގޮތުންނެވެ.

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގެ އަގުތައް ބޮޑުވުމުގެ ސަބަބުން މި އަހަރުގެ ޖުލައި މަހުން ފެށިގެން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް އާ ޕޭޝަންޓުންނަށް ދިނުން ވެސް ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ. މަނިޕާލް ހޮސްޕިޓަލުގެ އަގުތައް މުރާޖައާ ކުރަމުން އަންނައިރު، ހިދުމަތް ފެށޭނެ ވަކި ދުވަހެއް ބުނަން އަދި ނޭނގެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355