twitterviber whatsapp telegramfacebookyoutube instagram
24th June 2026

އެސްޓީއޯގެ ބޭސްފިހާރަތައް 3 ދުވަހަށް ބަންދުކުރަނީ

ނަބީލާ އިސްމާޢީލް
Jun 24, 2026

އެސްޓީއޯއިން ހިންގާ ބޭސްފިހާރަތަކުގެ އިންވެންޓްރީ (ސްޓޮކް ބެލުމުގެ) މަސައްކަތްތައް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން 3 ދަވަހުގެ މުއްދަތަކަށް ބަންދުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ ފާމަސީތައް ބަންދުކުރަނީ، އެތަންތަން ދައުލަތުގެ އާ ބޭސް ކުންފުނި ކަމަށްވާ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް" (ސްޓޭޓް ފާމާ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތަށެވެ.

ފާމަސީތައް ބަންދުވި ނަމަވެސް، ކުއްލި ފަރުވާގެ ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމް އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ.

އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ބޭސްފިހާރަތަކެއް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ސްޓޭޓް ފާމާގެ ދަށަށް ބަދަލުވާނެއެވެ. އެ ކުންފުނީގެ ފުރަތަމަ ފާމަސީ މިހާރު ވަނީ އައިޖީއެމްއެޗްގައި ހުޅުވާފައެވެ. ބޭސްފިހާރަތަކާ ހަވާލުވުމުގެ ކުރިން ސްޓޮކް ދެނެގަނެވޭނެ ސިސްޓަމްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ޖުލައި މަހުގެ ކުރިއަށް ނިންމާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355