twitterviber whatsapp telegramfacebookyoutube instagram
19th August 2026

ޖަޕާނުން ރާއްޖެއަށް 86 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Jan 20, 2021
1

ޖަޕާނުން ރާއްޖެއަށް 86 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު ހަދިޔާކޮށްފި އެވެ. ސިއްހީ ސަމާނު ހަދިޔާކޮށްފައިވަނީ އިއްޔެ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސިއްހީ ސާމާނު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ޖަޕާނުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ބެޑްސައިޓް 65 މޮނީޓަރާއި 19 ޕޯޓަބްލް އަލްޓްރާ ސައުންޑް މެޝިނާއި 19 ޑީފައިބްރިލޭޓާސް އާއި 10 ޕޯޓަބްލް އެކްސްރޭ މެޝިނާއި 132 ސިރިންޖު ޕަމްޕު އަދި 132 ސިރިންޖު ޕަމްޕު އެސެސެރީސް ހިމެނެ އެވެ.

މި އެހީއަކީ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕޓަލްތަކުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށާއި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅުކުރަން ދިން އެހީ އެއް ކަމަށް ޖަޕާނު އެމްބަސީން މައުލޫމާތު ދެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖެ އަށް ދިމާފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން އެއް ގައުމަކީ ޖަޕާނެވެ. އެގޮތުން، 0.01 ޕަސެންޓް އިންޓްރެސްޓުގައި 732 މިލިއަން ރުފިޔާގެ ބޮޑު ލޯނެއް ދީފައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355