twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވޭ ބިލް ތަސްދީގުކުރައްވައިފި

Jan 21, 2021

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މިއަދު ތަސްދީގުކުރެވުނު ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލީ ނަމަވެސް އިންތިހާބު ބޭއްވޭނެ މަގު ފަހިވެފައިވާއިރު މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

ނަމަވެސް އެއިރު ގާނޫނު އޮތްގޮތުން އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ އެކަން އެޗްޕީއޭއިން އާންމުކޮށް އެންގުމުންނެވެ. އެކަމުގެ ސަބަބުން އިންތިހާބު ބާއްވަން ހުރަސް އެޅޭތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގަވެސް އިންތިހާބު ބޭއްވޭނެ ގޮތަށް ބޭވޭނެ ގޮތަށް ބިލު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ.

މިހާރު ބިލު އޮތް ގޮތުން، އަދިވެސް މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ.

މި މަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރީ، ވޯޓުގައި ބައިވެރި 38 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ތަސްދޫގުކޮށް މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. ބިލުގައި ބުނެފައި ވަނީ، ބިލަށް އަމަލުކުރަން ފަށާނީ ރައީސް ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355